ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅު ޖުނައިދު އޭނާގެ ފުރތަމަ ފިލްމް ”މަހަރާޖް“ އަށް އަހަރެންގެ އެއްވެސް އެހީތަރިކަމެއް ބަލައެއް ނުގަނޭ: އާމިރު ހާން

ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިފުޅު ޖުނައިދު އޭނާގެ ފުރތަމަ ފިލްމް ”މަހަރާޖް“ އަށް އަހަރެންގެ އެއްވެސް އެހީތަރިކަމެއް ބަލައެއް ނުގަންނަ ކަމަށް އާމިރު ހާން ބުނެފިއެވެ.

އާމިރު ޚާން ބުނެފައިވަނީ އޭނާގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު ’މަހާރާޖް‘ އާ ގުޅިގެން އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ: ’އޭނާ އަހަރެންގެ އެއްވެސް އެހީތެރިކަމެއް އެއްގޮތަކަށްވެސް ބަލައެއް ނުގަނެ“ އަމީރު ހާން ބުންޏެވެ.

އާމިރު ޚާން ބުނީ އޭނާގެ ދަރިފުޅު ޖުނައިދު ޚާން އަމިއްލަ ބުރަ މަސައްކަތުން ކާމިޔާބު ހޯދައިފައިވާ ކަމަށެވެ. މިހެން އޭނާ ބުނީ ދަރިފުޅުގެ ފުރަތަމަ ފިލްމު ’މަހާރާޖް‘ ރިލީޒްވުމުގެ ކުރިން އޭނާއަށް ކުރިމަތިވި ސްޓްރެސް‘ އާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

އާމިރު ޚާނުގެ ދަރިފުޅު ޖުނައިދު ޚާން ވަނީ ފަހުން ”މަހާރާޖު“ ކިޔާ ވައި.އާރު.އެފްގެ ފިލްމަކުން ފިލްމީ ދުނިޔެއަށް ތަޢާރަފުވެފައެވެ. މި ފިލްމު އެއްވެސް ޕްރޮމޯޝަނެއް ނެތި ރިލީޒްކުރެވުނު ނަމަވެސް، ފިލްމު ނެރުމަށްފަހު ޓީމުން ފިލްމާ ބެހޭގޮތުން ވާހަކަދައްކަން ފަށާފައިވެއެވެ.

މަހާރާޖުގެ ޕްރޮމޯޝަންތަކުގައި ބައިވެރިވެފައިނުވާ އާމިރު ހާން މިހާރު ބުނަނީ ޖުނައިދުގެ ފުރަތަމަ ފިލްމާ މެދު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަމަށާއި، އަދި ޖުނައިދު އޭނާގެ އެއްވެސް އެހީތެރިކަމެއް ބަލައިނުގަންނަކަމަށެވެ.

”ކޫރިޔޭ“ ލަވައިގެ ލޯންޗުގައި ވާހަކަދައްކަމުން، ނިއުސް 18 އިން ނަގާފައިވާ އިންޓަވިއުގައި އާމިރު ބުނެފައިވަނީ، ”ޖުނައިދުގެ ފިލްމު މަހާރާޖު ރިލީޒްވިއިރު، މީހުން އޭނާގެ މަސައްކަތް ކަމުދާނެތޯ ނުވަތަ ނޫންތޯ އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވިން. ޖުނައިދު ވަނީ އޭނާއަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި އަދި އޭނާ އަހަރެންގެ އެއްވެސް އެހީތެރިކަމެއް އެއްވެސް ގޮތަކަށް ބަލައެއް ނުގަނޭ. އެހެންވީމާ އޭނާ އަމިއްލަ ގޮތަކަށް، އަމިއްލަ ކުރިއެރުމެއް ހޯދާފައިވާތީ އަހަރެން ވަރަށް ފަޚުރުވެރިވެ އުފާވަން. އަދި އެކަން އަހަރެންނަށް ފެންނަކަން އަހަރެންނަށް އެނގޭ.“ އާމިރު ހާން ބުންޏެވެ.

އާމިރުގެ ދަރިފުޅު ޖުނައިދު ކުރިން ބުނެފައިވަނީ އާމިރު އޭނާގެ ކެރިއަރ ޚިޔާރުކުރުމުގައި އެހީތެރިވެދޭ ކަމަށާއި، އަދި އޭނާގެ ބައްޕަ ދަރިންގެ ކަންކަމުގައި ނުފޫޒު ފޯރުވައި އަމިއްލަ ޚިޔާލު މަޖުބޫރު ނުކުރާ ކަމަށެވެ.

ކުރިން ސިއްދާރުތު ކަންނަންއާއެކު ކުރި ވާހަކަދެއްކުމެއްގައި ޖުނައިދު ބުނެފައިވަނީ އޭނާގެ ބައްޕަގެ އަތުގައި ފިލްމާ ގުޅޭ ހުރިހާ ކަމަކަށް ”އެންމެ ރަނގަޅު ހައްލު“ ހުންނަ ކަމަށެވެ.

”އޭނާ އަމަލުކުރާ ގޮތުން ވަރަށް ގިނަ ކަންކަން ދަސްކުރެވޭ. ނާކާމިޔާބީތަކުން އޭނާއަށް އަސަރުކުރޭ. އެކަމަކު އެކަން ޕްރޮސެސްކޮށް އެއިން ދަސްވާ ކަންކަމާ ކުރިއަށްދާން ވަގުތު ނަގާ. އޭނާ ދެނެގަންނާނީ ކޮންކަމެއްތޯ ރަނގަޅުނުވީ އަދި އެހިސާބުން ކުރިއަށްދާނެ. އެހެންވީމާ، އެއީ އޭނާގެ ޕްރޮސެސް. އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަންނޭނގެ،“ ޖުނައިދު ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: