ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއަކާއި ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރަނީ!

މާރާމާރީ ހިންގި 6 ބިދޭސީއަކު ޑީޕޯޓުކުރަން ނިންމުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހަ ބިދޭސީއަކު ޑީޕޯޓް ކުރުމަށް ނިންމައިފިއެވެ.

މި މާރާމާރީއާއި ގުޅޭ މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަކަމަށެވެ. ނަމަވެސް އެމީހުންގެ ހާލު ރަނގަޅުވުމުން ފަރުވާ ދިނުމަށް ފަހު، ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

މި މައްސަލައިގައި ފަސް މީހަކު ހައްޔަރު ކުރިއެވެ.

މި މައްސަލައާއި ގުޅިގެން އިމިގްރޭޝަން އިން ބުނީ ހަ ބިދޭސީއަކު އިމިގްރޭޝަންއާއި ހަވާލުކުރީ ރޭގެ ވަަގުތެއްގައިކަމަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނިއެވެ.

މި މީހުންގެ ވަނަވަރުވެސް ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 26 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ދެ ފިރިހެނުންނާއި 38 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ.

ރާއްޖޭގައި ގަވާއިދާއި ހިލާފުވާ ބިދޭސީއިން ޑީޕީޓުކުރުމުގެ މަސައްކަތް މިދުވަސްވަރު އިމިގްރޭޝަންއިން އަންނަނީ ވަރަށް ހާއްސަ އިސްކަމެއްދޭ މަސައްކަތެއްގެ ގޮތުގައި ކުރަމުންނެވެ. މި ސަރުކާރުގައި މިދިޔަ އަށް މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: