ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ސައީދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރައްވައިފި

މިނިސްޓަރު ސައީދު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ކަންކަމާއި ބެހޭ ވަޒީރު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ ބައްދަލު ކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި އޮތް މި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކުގައި ވެސް މިފަދަ މަޝްވަރާތަކެއް ކުރިއަށް ދިޔަކަމަށް ސައީދު ވިދާޅުވިއެވެ.

މުނޫ މަހާވަރު ވަނީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާއިވެސް ބައްދަލު ކުރައްވާފައިކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމާއި ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައިވާކަމަށް މައުލޫމތު ދީފައިވެއެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއިވެސް މުނޫ މަހާވަރު ވަނީ ބައްދަލު ކުރައްވާފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ އިންޑިއާއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ހިމެނޭއިރު، މިވަގުތު ފައިސަލް ހުންނެވީވެސް އިންޑީއާގައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: