ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އޮތީ ނުހައްގު މުއްސަނދިކަން ލިބޭ މީހުންގެ މައްސަލަ ބެލޭ ގޮތަށް، އެކަން ކުރާތަނެއް ނުފެނޭ: އަޒާން

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން އިސް އެހެން މަގާމުތަކުގައި ތިބޭ މީހުންގެ ވެސް އެސެޓް ޑިކްލެއާރ ކުރެވި ނުހައްގު މުއްސަނދިކަން ލިބޭ މީހުންގެ މައްސަލަތައް ރަނގަޅަށް ބެލެން ޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އަޒާން ވިދާޅުވީ، ގާނޫނުލްއުގޫބާތުގައި ނުހައްގު މުއްސަނދިކަމެއް ލިބޭ މީހެއްގެ މައްސަލަތައް ބެލުމުގައި އަމަލު ކުރަން ޖެހޭ އިޖުރާއަތުތައް ބަޔާން ކުރާކަމަށެވެ. އެގޮތުން ދައުލަތުގެ އިސް މަގާމެއްގައި ހުރި، ނުވަ މަގާމެއް އަދާކުރި މީހެއްގެ ދިރިއުޅުމަށް ކުއްލިއަކަށް އަންނަ މުއްސަނދިކަމެއް ބަލައި އެ މީހަކަށް ދައުވާ ކުރުމުގެ ބާރު މުވައްސަސާތަކަށް ލިބިދީފައިވާކަމަށް އަޒާން ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް އައިއިރު އެފަދަ ތުހުމަތެއް ކުރެވުނު އެއްވެސް މީހެއްގެ މައްސަލައެއް ނުބެލުނު ސަބަބާއި މެދު އަޒާން ސުވާލު އުފެއްދެވި އެވެ.

ގާނޫނުގައި ވަރަށް ފުޅާކޮށް، ނުހައްގު މުއްސަނދިކަމަކީ ކޮބައިކަން ތަފްސީލު ކުރާކަން ފާހަގަކޮށް އަޒާން ވިދާޅުވީ މިހާތަނަށް އައިއިރު އޭގެ ދަށުން ދައުވާއެއް ވެސް އުފުލާފައި ނުވާކަމަށެވެ.

މިހާރު ވެސް ނުހައްގު މުއްސަނދިކަން ގާނޫނުލްއުގޫބާތުގައި މި އޮންނަ ގޮތުން ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ނުހައްގު މުއްސަނދިކަން ހޯދީމަ އެ މައްސަލަ ބެލޭނެ އުސޫލެއް އެބައޮވޭ.. ދައުވާ ވެސް ކުރެވޭނެ.. އެކަމަކު އަޅުގަނޑުމެންނަށް މިހާތަނަށް އެއްވެސް މީހަކަށް ނެތް، އެ ފާސްކުރި ފަހުން ދައުވާކޮށްފައެއް ވެސް.. އެ ތަންފީޒުކޮށްފައި ވެސް.. އެ ގާނޫނު ވަރަށް ފުޅާކޮށް ވެސް އެބަ މާނަކުރޭ..

އަަޒާން ވިދާޅުވީ ގާނޫނު ބުނާ ގޮތުން، ދައުލަތުގެ އިސް މަގާމެއްގައި ހުންނަ މީހަކާއި ގުޅުން އޮތް ގާތް މީހަކަށް ލިބޭ ނުހައްގު މުއްސަނދިކަން ވެސް ބެލެން ޖެހޭކަމަށެވެ. ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ހުރި ނަމަވެސް، މިހާރު ގާނޫނު އޮތީ އެ ބާރު ނުލިބޭ ގޮތަކަށް ނޫންކަމަށް އަޒާން ފާހަގަކުރެއްވި އެވެ.

ނުހައްގު މުއްސަނދިކަމެއްގެ ތެރެއިން ގަންނަ މުދަލުގެ ވާހަކަތައް މީޑިއާތަކުގައި އެކި ގޮތްގޮތުން ދެކެވޭއިރު ވެސް، އޭގެއިން އެއްވެސް މައްސަލައެއް އަމިއްލަ އިސްނެގުމަށް ދައުލަތުގެ އިދާރާއަކުން ތަހުގީގު ނުކުރާކަމަށް އަޒާން ވިދާޅުވި އެވެ. އަދި އެފަދަ މައްސަލައެއް ވެސް ފުލުހަށް ރިޕޯޓު ކުރުމުން އެ މުވައްސަސާގެ ޖުޑިސްޓިކްޝަން އެފަދަ މައްސަލަތަކަށް ނުހިނގާކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅުމަށް އެދޭކަމަށް އަޒާން ވިދާޅުވި އެވެ.

އޭގަ އޮންނަ ގޮތުން ދައުލަތުގެ، މުވައްސަސާއެއްގައި މަގާމެއްގައި ހުރި މީހަކާއި ގާތް މީހަކު ނުހައްގު ގޮތަކުން މުއްސަނދި ވިޔަސް އޭގެ ދަށަށް ފެތޭ.. މިސާލަކަށް އަޅުގަނޑާއި ގާތް މީހަކު ކުއްލިއަކަށް މުއްސަނދި މިވީ.. އެހެންވީމަ ފުލުހުންނަށް ލިބިދޭ އެބާރުތައް.. އޯކޭ.. އަޅުގަނޑު ވެސް ގަބޫލު ކުރަން އެ ގާނޫނަށް ބަދަލު ގެންނަން ޖެހޭކަން ހޯމް މިނިސްޓްރީއާއި ފުލުހުން ވެސް ފާހަގަކުރި ގޮތަށް.. މިހާރު އޮތް ގޮތުން ވެސް އެބައޮތް ވަރަށް ގިނަ މައްސަލަތައް ވެސް ބެލެން.. އެކަމަކު ނުފެނޭ ދައުލަތުގެ އެއްވެސް އިދާރާއަކުން އަމިއްލައަށް އިސްނަގައިގެން މިކަމެއް ކުރާތަނެއް.. ފުލުހުންނަށް ބައެއް މައްސަލަތަކެއް ހުށަހެޅީމަ މި ބުނަނީ، ގާނޫނު އޮތް ގޮތުން އެބޭފުޅުންގެ ޖުޑިސްޓިކްޝަނެއް ނުހިނގައޭ.. އެބޭފުޅުންނެއް ނޫނޭ އޭސީސީއޭ، ތި މައްސަލަތައް ތަހުގީގު ކުރަނީ.. އޭސީސީއަށް އެ މައްސަލައެއް ހުށަހެޅީމަ އެކަށިގެންވާ ސްޕީޑެއްގައި އެކަންތައްތަކެއް ނުކުރޭ..

މީގެއިތުރުން އަޒާން ވިދާޅުވީ އެސެޓް ޑިކްލެއާ ކުރަން ޖެހެނީ ހަމައެކަނި މަޖިލިސް މެމްބަރުންނާއި ވަޒީރުން އެކަނި ނޫން ކަމަށެވެ. އެ ތަފްސީލުތައް ސިޔާސީ ޕާޓީތަކުގެ ވެރިންނާއި ހަމައިން ފެށިގެން ގޮސް ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި އާންމު ރައްޔިތުންގެ މަސްލަހަތާއި ގުޅިފައިވާ މީހުންގެ ވެސް އެސެޓް ޑިކްލެއާ ކުރެވި އާންމު ކުރަން ޖެހޭކަމަށެވެ. ހަމަހަމަ އުސޫލުން، ގާނޫނުތައް ތަންފީޒު ކުރެވޭނީ އޭރުންކަމަށް އަޒާން ވަނީ ވިދާޅުވެފަ އެވެ.

އަޒާން ވިދާޅުވީ ގެނެވިދާނެ ބަދަލުތަކާއި ގުޅޭ ލަފާތައް ލިބިފައި ހުރިއިރު އެކަމަށް މަސައްކަތް ކުރުން މުހިންމުކަމަށް ދެކޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: