އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނާ އެކުގައި އެ ޕާޓީއަށް ކާމިޔާބާއި ކުރިއެރުން ލިބުމަކީ ކުރައްވާ އުންމީދެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑުވައިޒަރ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ގައުމީ މަޖިލިހަށް ހޮވިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި އުއްމީދަކީ ދާއިރާތަކަށް ހޮވިވަޑައިގަތް ބޭފުޅުންގެ ފަރާތުން އާރޫޙަކާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވި ޕާޓީއަށް އިތުރު ކާމިޔާބީ އާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށެވެ.
އެމްޑީޕީގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންގެ ތެރޭގައި ވަރަށް ގިނަ އަންހެން ކެންޑިޑޭޓުން ހިމެނެއެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސަކަށް އިންތިހާބުވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ބައި އިލެކްޝަނުގައި މާލެ ދާއިރާގެ ރައީސްކަން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ ޕާޓީގެ ޗެއާޕާސަން، ރައީސް، ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗެއާޕާސަންގެ ނައިބު (މާލީ)، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްއެވެ.

