ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ބިލު ހެދުމުގައި ރިއަލް ޓައިމް ބިލިންއަށް ދިއުމުގެ ވިސްނުން އެބަހުރި: ފަހުމީ

"ގަސް އިންދުމުގެ ޕްރޮގުރާމް"އަކީ ސްޓެލްކޯއާއި ގުޅުންހުރި ކަމެއް: ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭބިސީތަކުގެ ކަރަންޓު ބިލާއި ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވަމުން އަންނާތީ ކަރަންޓު ބިލު ހެދުމުގައި ރިއަލް ޓައިމް ބިލިންއަށް ދިއުމުގެ ވިސްނުން ހުރިކަން ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ވިސްނުމަކީ ރިއަލްޓައިމް ބިލިންގ ސިސްޓަމަކަށް ދިޔުން ކަމަށާއި އޭރުން ރީޑިން ނަގާ ދުވަހާއި ބިލް ދެވޭ ދުވަހުގެ ދެމުގައި މާގިނަ ދުވަސް ނުވާނެ ކަމަށެވެ. އޭގެ މާނައަކީ ހަމަ ރީޑިން ނަގާ ދުވަހު ވަގުތުން ވަގުތަށް ބިލް ޑެލިވާ ކުރެވޭނެ މެކޭނިޒަމްއެއް ގާއިމު ކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ރީޑިން ނަގާ ދުވަހާއި ބިލް ދެވޭ ދުވަހުގެ ދެމުގައި ތަފާތު ބޮޑުކަމަށެވެ. އެގޮތުން 25 ދުވަހާއި 30 ދުވަހުގެ ތަފާތެއް ރީޑިން ނަގާ ދުވަހާއި ބިލް ދެވޭ ދުވަހާއި ދެމެދު ހުންނާތީ ރައްޔިތުން އެކަމާ ޝަކުވާކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބިލް ޑެލިވާ ކުރެވޭ ދުވަސް ފަސްވުމުގެ މައްސަލައަކީ މިފަހުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެއީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރީޑިން ނަގާތާ ގިނަ ދުވަސްތަކެއް ފަހުން ބިލް ދިއުމުން ކަސްޓަމަރުންގެ އެކިކަހަލަ ޝަކުވާވެސް އަންނަކަން ފަހުމީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރިއަލް ޓައިމް ބިލިން އަށް ދިއުން މުހިންމު ކަމަށާއި އެކަން ކުރާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

”މިހާރު މާ ގާތުން އަޅުގަނޑުމެން ކަސްޓަމަރުންނާ އެކު މަސައްކަތް ކުރަން އެ ބޭފުޅުންނަށް އެ ކަންތައްތައް ބުނެދިނުން އަޅުގަނޑުމެންގެ މަގުސަދަކީ،“ އިޤްބާލު ވިދާޅުވިއެވެ.

ސްޓެކްލޯގެެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގްބާލް ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ބިލު ދަށްވި މިންވަރު އިތުރު ނަމަވެސް ބިލު ކުޑަ ނުވާ ނުވަތަ އިންތިހާއަށް ބޮޑުވެފައި ހުރި ތަންތަން އެބަހުރި ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: