ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަކުރުމުގެ ގޮތުން ޝަރުއީ ދާއިރާއަށް އައު މުވައްޒަފުން ނެގުން މަޑުޖައްސާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް، ޝަރުއީ ދާއިރާގެ ހަރަދުތައް ކުޑަކުރުމަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އިއުލާނުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތް ކުރުމަށް ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމާފައި ވާތީ ޝަރުއީ ދާއިރާއިން ވެސް ހަރަދުތައް ކުޑަކުރުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާއިން 2024 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު ރިކަރަންޓު ހަރަދުތައް ކުޑަކުރުމަށް ވަގުތުން އެޅިދާނެ ފިޔަވަޅުތަކެއް ނިންމާފައިވާކަން ފާހަގުރި އެވެ.

ޑީޖޭއޭއިން ބުނީ އެ އިދާރާއިން ނިންމާފައި ވަނީ ބޭރުގެ ފަރާތްތަކުގެ އެހީގައި ހިންގޭ ޓެރެއިނިން ޕްރޮގްރާމުތައް ފިޔަވައި އެހެނިހެން ޕްރޮގްރާމުތައް މަޑުޖައްސާލުމަށް ކަމަށެވެ. އަދި އިތުރުގަޑީގައި ކުރަން ޖެހޭ މަސައްކަތްތައް ސުޕަވައިޒަރުންގެ ހާއްސަ ހުއްދައަކާއި އެކު ކުރުމާއި ސުޕަވައިޒަރުން އިތުރު ގަޑި މޮނީޓާރ ކުރުމުގެ އިތުރުން އައު މުވައްޒަފުން ނެގުން މަޑުޖައްސާލަން ނިންމާފައިވާކަމަށް ބުންޏެވެ.

މީގެއިތުރުން އައު ކޯޓު ހުޅުވުމުގެ ރަސްމިއްޔާތު ވެސް ނުބޭއްވުމަށް ނިންމާފައިވާކަމަށް ބުންޏެވެ

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތަކަށް މިނިސްޓްރީތަކާއި، ކުންފުނިތަކުން ވެސް ވަނީ އަމަލު ކުރަން ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: