ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮގަސްޓު 8 ގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގައި ހިންގާ ހަރަކާތްތައް އާންމުކޮށްފި

އޮގަސްޓް އިން 8 އޮގަސްޓުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގައި ހިންގާ ހަރަކާތްތައް އާންމުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 04 އިން އޮގަސްޓު މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި 04 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު އިސްރަށްވެހިންނަށް ޚާއްސަ ”ވޯކް ވޯކް“ ކަސްރަތު ޕްރޮގްރާމް ކުރިއަށްދާނެއެވެ. އަދި ގޯލްޑް ކަސްރަތު ޕްރޮގްރާމު ހަވީރު އޮންނާނެއެވެ. ހަމައެއާއެކު، އެދުވަހުގެ ހަވީރުގެ ވަގުތުގައި މަދަހަ ކިޔުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

5 އޮގަސްޓް ވާ ހޯމަ ދުވަހު އުސްތާޛާ ސާމިޔާ ޒަކަރިއްޔާ އާއެކު ސުވާލާއި ޖަވާބު ސެޝަނެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

6 އޮގަސްޓު ވާ އަންގާރަ ދުވަހު ހަވީރު މާޖަހަން ދަސްކޮށްދޭ ކްލާހުގެ އިތުރުން، މަދަހަ ކިޔުން ކުރިއަށް ގެންދެއެވެ.

އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު އިސްރަށްވެހިންނަށް ޚާއްސަ ”ވޯކް ވޯކް“ ކަސްރަތު ޕްރޮގްރާމަކާއި، ގޯލްޑް ކަސްރަތު ޕްރޮގްރާމް އޮވެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި ހަވީރުގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: