ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓުގެ ލަފާތައް އަލުން ސަރުކާރުގެ ސަމާލުކަމަށް ގެންނަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ /.ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީގައި ފާހަގަކުރި ކަންކަން އަލުން މި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގައުމީ ސަލާމަތާއި ހިދުމަތްތަކުގެ ކޮމިޓީއިން ނިންމައިފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށް ތިން އަހަރުވެގެން ދިޔަ އިރު ވެސް އިންސާފެއް ލިބިފައި ނުވާތީ އެމަނިކުފާނުގެ އާއިލާއިން ވެސް ކަންބޮޑުވުންފާޅު ކުރެ އެވެ.

އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެ މައްސަލައިގައި މަޖިލީހުގެ 241 ކޮމިޓީގައި އިންކުއަރީ ރިޕޯޓެއް އެކުލަވާލީ 19 ވަނަ މަޖިލީހުގަ އެވެ. 50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ގެންދިޔަ ބައްދަލުވުންތަކަށް ފަހު 236 ސަފުހާގެ ރިޕޯޓުގައި 45 ރެކަމަންޑޭޝަނެއް ހިމެނި އެވެ.

މިއަދު ކުރިޔަށް ގެންދިޔަ 241 ކޮމިޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ކައުންޓާރ ޓެރަރިޒަމްގެ ބޭފުޅުންންނާއި އެކު އޮތް ބައްދަލުވުމުގައި ޔުނިފޯމު އެޅި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސްގެ ކަންކަން ވިލަރެސް ކުރެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުންފާޅުކުރެއްވި ކަމަށެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައިގެ ސިއްރު ރިޕޯޓުގެ ވާހަކަ ދެކެވުނުއިރު، އޭގައި ވެސް ބުނާ އެންމެ ބޮޑު މައްސަލައަކީ ވިލަރެސް ކުރެވިފައި ނެތުންކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވީމަ އެދުވަހު އަޅުގަނޑުމެން މިތަނުގެ، މިހާރު މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް މި މައްސަލަ ގެންނަންވީ ނޫންހޭ.. އަލުން ބުނަންވީ ނޫންހޭ، މިގޮތަށް އަޅުގަނޑުމެން ކައިރީ ބުނެފިއޭ.. އެހެންވީމަ އެކަމާ ބެހޭގޮތުން މުގައްރިރު ގޮތެއް ނިންމަވާފައި ފިޔަވަޅެއް އެޅުއްވިންތޯ.. އެކަން އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ

އެކަމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ތައްޔާރު ކުރަން ޖެހޭ ސިޓީގެ މަސައްކަތް ނިމިފައިވާކަމަށާއި މިއަދު ސިޓީ ފޮނުވާލެވޭނެކަމަށް ބެލެވޭ ކަމަށެވެ.

ކޮމިޓީގައި ފާހަގަކުރި ސިޓީއާއި ބެހޭ މައުލޫމާތެއް ނާޒިމް ހާމައެއް ނުކުރައްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: