ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މާދަމާ ރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ރޭ ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ 21:00 ގަ އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވި ފަހުން، ކޮންމެ ހަފްތާއަކު ވެސް ޕާޓީގެ އާންމު މެމްބަރުންނަށް ހާއްސަކޮށް ސިލްސިލާ ޖަލްސާތައް ކުރިޔަށް ގެންދެ އެވެ. އަދި ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވާހަކަފުޅު ދަައްކަވަ އެވެ.

