ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ތުރުކީއިން ފަހިކުރުމަށް އެ ގައުމުގެ އޮސްޓިމް ޓެކްނިކަލް ޔުނިވަސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓަރީއާއިއެކު އޮސްޓިމް ޓެކްނިކަލް ޔުނިވަސިޓީއިން އެކުލަވާލި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑރ. މަރްޔަމް މާރިއާއެވެ. މިވަގުތު މިނިސްޓަރު މާރިޔާ ހުންނެވީ ތުރުކީގައެވެ. މިއީ ތުރުކީގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުުރެކެވެ.
މިނިސްޓަރު މާރިޔާއާއެކު މި ދަތުރުގައި ޑެޕިއުޓީ މިނިސްޓަރު އާމިނަތު ޝަޝީ އާއި ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޙިކްމާވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު މާރިޔާ ވަނީ އޮސްޓިމް ޔުނިވަސިޓީގެ ރެކްޓަރ އާއެކު މަޝްވަރާ ބައްދަލުުވުމެއް ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި އެ ޔުނިވަސިޓީން ރާއްޖެއަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާކަމަށް މައުލޫމާތުދެއްވިއިރު، މިނިސްޓަރު ވަނީ އެ ޔުނިވަސިޓީގައި ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވައި ވަސީލަތްތައް ވެސް ބައްލަވައިފައެވެ.

