ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ދެކޮޅަށް ނަފްރަތު ހިންގީ ޔާމީން، އެކަން ކުރީ ވެރިކަމަށް އާދެވޭތޯ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުމަށް އަސަރުކޮށް ހީނަރުވެގެން ދިޔައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަބަބުންކަމަށާއި މި ސަރުކާރުން އެކަން ރަނގަޅު ކުރަން އުޅޭ މަންޒަރު މިހާރު ފެންނަކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދެ ގައުމު ދެމެދުވެފައިވާ އެއްބަސްވުންތަކެއްގެ ތެރެއިން، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަންތަކެއް ހިނގަމުންދާކަމަށް ތުހުމަތުކޮށް އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތް ފެއްޓެވީ ރައީސް ޔާމީނެވެ. އޭރު ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާ މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ މައްޗަށް އަތް ގަދަ ކުރުމަށެވެ. އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައިސް، އެ ގައުމުގެ ރައްޔިޔުންގެ ވެސް ނުރުހުން މައްސަލައިގައި ރާއްޖެއަށް އަމާޒުވި އެވެ.

އިންޑިއާއާއި އޮތް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާކަމަށާއި، ހަމައެކަނި ޑިޕްލޮމެޓިކް މަޝްވަރާތަކަށް ދިޔައީ އިންޑިއާގެ ސިފައިންގެ ފޮނުވާލުމަށްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގައި ރާއްޖެއަށް އިންޑިއާގެ އެއްބާރުލުން ލިބޭކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާތީ އެކަމަށް ދެ ގައުމުގެ މީޑިއާތަކުގެ ސަމާލުކަން ވެސް ވަނީ ހުއްޓިފަ އެވެ. އަދި އެކަމާ ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ހިމެނޭހެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ދެމެހެއްޓެވީ އިންޑިއާ ފަސްޓް ޕޮލިސީކަމަށެވެ. އެކަމަކު އޭގެ މާނައަކީ އެހެން ގައުމުތަކާއި އެއްވެސް ވަރަކަށް ގުޅުން ބާއްވައި މަސައްކަތް ނުކުރުން ނޫންކަމަށާއި އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުންނާއި އެންމެ ބޭނުންވާ ވަގުތު އެހީވާ ގައުމުކަމަށް ވީތީ އިންޑިއާއަށް ހާއްސަ ގަދަރެއް އަބަދުވެސް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ޗައިނާގެ ގުޅުމަށް ވެސް ސަމާލުކަން ދީފައިވާނެކަމަށެވެ. އެހެން ނަމަވެސް އިންޑިއާގެ ކަނޑުގެ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރާއިރު ވިސްނަން ޖެހޭ ކަންތަކެއް ހުންނާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ގާތް ގުޅުމަކަށް ބުރޫއެރުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެރިކަން ކުރައްވާފައި ހުރި ބޭފުޅެއް އަނެއްކާވެސް އިންތިހާބެއް ކާމިޔާބު ކުރުމުގެ ބޭނުމުގައި ނަފްރަތު އުފެއްދުމުގެ މޫވްމަންޓެއް ފެށުން ކަމަށެވެ. އެއީ ސިޔާސީ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތަކަށްވެފައި ރައީސް މުއިއްޒު ހުންނެވީ އޭގެ ތެރެއިން ނިކުންނާނެ ގޮތެއް ނޭނގިފައިކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު އެ ހަރަކާތުގައި ބައިވެރިވީ އޭރު ސިޔާސީ ގޮތުން މާބޮޑު ތަސައްރަފެއް އެމަނިކުފާނުގެ ނެތުމުގެ ސަބަބުންނާއި މަޖުބޫރެއްގެ ތެރެއިންކަމަށް ގަބޫލު ކުރެވޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އެ ގޯސްތައް ރަނގަޅު ކުރުމަށްކަމަށް ގަބޫލު ކުރެވޭކަމަށާއި އަދި އެއީ ރަނގަޅު ފެށުމެއްކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެއްކަން އެމަނިކުފާނު މިހާރު ގަބޫލު ކުރައްވާކަމަށް ދެކޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި މަޝްވަރާ ކުރާނެ ދާއިރާތަކަކީ އިގްތިސާދީ ގުޅުންކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން ފައްޔާޒް ވިދާޅުވީ ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ޕަބްލިކް ފައިނޭންސް ކަމަށެވެ. އެކަމަކު އެއީ އިގްތިސާދު ގޯސްވެގެން ދިމާވީ ހާލަތެއް ނޫންކަމަށާއި ކޮވިޑު-19 އަށް ފަހު އެ އަނދަވަޅުން އަރައިގަނެވިފައިވަނިކޮށް ވެސް މި ސަރުކާރަށް ހިންގަން ނޭނގުނީކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: