ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް މާމިގިލިއަށް ވަޑައިގަތުމުން، ގާސިމްގެ ފަރާތުން ރަތްދޫލައިގެ މަރުހަބާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އދ. މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށުން ކިޔާފައި ވަނީ ހޫނު މަރުހަބާއެއް/ ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އދ. މާމިގިލިއަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

މާމިގިލިއަށް އަބްދުއްރަހީމް ވަޑައިގަތީ، ގާސިމްއާއި އެކު ބައެއް މަޝްވަރާ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށެވެ. އަދި އެކަމާއި ގުޅޭ ތަފްސީލެއް ލިބުމުން ހާމަކުރާނެކަމަށް ޖޭޕީގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ.

ފްލައިމީގެ މަތިންދާބޯޓު އެއާޕޯޓުގައި ޖެއްސުމާއި އެކު އަބްދުއްރަހީމަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ގާސިމާއި ޖޭޕީގެ މެމްބަރުންނެވެ.

އަބްދުއްރަހީމް މާމިގިލިއަށް ވަޑައިގެންނެވިއިރު ގާސިމް ވަނީ ސަރުކާރުގެ މަސަައްކަތުގައި ޖޭޕީއާއި އޭނާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކުގައި، މަޖިލީހުގެ ތެރެއިން ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 30%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: