ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ޓީ ބޮންޑު އަނބުރާ ދެއްކުމުގައި ލުއިގޮތްތަކެއް ވަނީ ހަމަޖެހިފައި: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމައި އިންޑިއާއިން ވަނީ އެ މަޝްރޫއުތައް މިއަދު ދިވެހި ސަރުކާރަށް ހަވާލުކޮށްފަ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ރައީސް މުއިްއޒު ވިދާޅުވީ ދަރަނީގެ ގޮތުގައި ރާއްޖެ އަދާކުރަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ކުރެވުނު މަޝްވަރާގެ ތެރެއިން ފަސްކޮށްދީފައިވާކަމަށެވެ. އަދި ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސަވައިދެއްވިކަން ހާމަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ހިނގަމުން ދާ ޕްރޮޖެކްޓުތަކުން ގައުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށެވެ. އަދި ލައިން އޮފް ކްރެޑިޓް ފެސިލިޓީއާއި މި ސްކީމްގެ ދަށުން ލިބޭ ލުއިތައް ގިނަވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ލޯނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ބަޖެޓު ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރެވެ. މީގެތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ ނަމަވެސް ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އަނބުރާ ދައްކަން ޖެހޭ ދަރަނީގެ ތެރެއިން މި އަހަރުގެ ޖެނުއަރީ މަހު މި ސަރުކާރުން ވަނީ އެއް ޓީބިލް ދައްކާފަ އެވެ. އެއީ ދިވެހި ފައިސާއިން ބަލާއިރު 770 މިލިއަން ރުފިޔާ އެވެ. ބާކީ ނުދައްކާ އޮތް އަދަދު އިންޑިއާ ފަސްކޮށް ދިނީ އިތުރު އެއް އަހަރު ދުވަހަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޑިއާ ވަނީ ރާއްޖެ ބޭނުންވި ކޮންމެ ވަގުތަކު އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް އެކުގައި ކުރާ މަސައްކަތުން ނަތީޖާ ނެރުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: