ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންމަފުށީގައި ބޭއްވި އުރީދޫ މަސްރޭސް 2024ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހިންމަފުށީގައި ބޭއްވި އުރީދޫ މަސްރޭސް 2024ގެ ޗެމްޕިއަންކަން ޓީމް ސިފްކޯއިން ހޯދައިފިއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެ މަސްރޭހަށް ހިންމަފުށިން ރެޖިސްޓާ ކުރި 21 އަށްވުރެ ގިނަ ޓީމާއެކު ހިންމަފުށީގައި އެ މުބާރާތް ފަށާފައިވަނީ 9 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.

އެގޮތުން ވަނަތައް ހޯދި ފަރާތްތަކަކީ:

  • ޗެމްޕިއަން ޓީމް: 999.35 ޕޮއިންޓާއެކު ޓީމް ސިފްކޯ
  • ދެވަނަ ޓީމް: 807.85 ޕޮއިންޓާއިއެކު ގޯޅިއަންސް ސްޕޯޓްސް ކްލަބް
  • 3ވަނަ ޓީމް: 608.1 ޕޮއިންޓާއިއެކު ޑިޓިއުން ފިޝިންގ
  • އެންމެ ބަރު މަސް: ހަސަން ނައީމް، މާސްޓރކްލާސް – 37.7 ކިލޯގެ ފާނަ
  • އެންމެ މޮޅު ކެޔޮޅު – ފިރިހެން: ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް، 25 މަސް
  • އެންމެ މޮޅު ކެޔޮޅު – އަންހެން: ފާތިމަތު ފެޒްލީން، ޑިޓިއުން ފިޝިންގ، 17 މަސް

ހިންްމަފުށީގައި އެ މަސްރޭސް ކުރިޔަށް ގެންގޮސްފައިވާއިރު، ތިނަދޫ ސިޓީގައި 16 އޮގަސްޓް 2024 އަދި ނައިފަރުގައި 23 އޮގަސްޓް 2024 ގައި މި މުބާރާތް ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: