ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ އެފިޝެންސީ އެކްސަސައިޒް: ފައިދާގަ ހިންގައިގެން ދައުލަތަށް ޑިވިޑެންޑް ދައްކާނެ ޕްލޭނެއް!

މިފްކޯގެ އެފިޝެންސީ އެކްސަސައިޒްގެ ތެރެއިން: ފޮޓޯ/ މިފްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓްރެޓެޖިކް ޕްލޭނިންގ ވޯކްޝޮޕް 2024 ގެ ދަށުން މިފްކޯގެ އިފިޝެންސީ އެކްސަސައިޒެއް މި މަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ބާއްވައިފިއެވެ.

މިފްކޯގެ މެނޭޖުމެންޓާއި އޮޕަރޭޝަނަލް މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މި އެކްސަސައިޒްގައި އެކުންފުނީގެ 60 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

މިފްކޯއިން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސެޝަންތަކުގައި ކުންފުނީގެ ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ޕްރެޒެންޓޭޝަންތައް ހުށައަޅާފައިވެއެވެ. އަދި ޑިޕާޓްމެންޓުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، އިސްރާފު ކުޑަކުރުމުގެ އިތުރުން ފެންވަރު ރަނގަޅުކޮށް ހިދުމަތް ދެވޭނެ އައު ގޮތްތަކާއިމެދު ގްރޫޕު މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ ތެރޭގައި ކުންފުނީގެ ”އިމޭޖު“ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޓެކްނިކަލް އަދި އިންޖިނިއަރިންގ މަސައްކަތްތައް ތަރުތީބު ކުރާނެ އައު ގޮތްތަކާއި، ރިކަރަންޓު ހަރަދުތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ. އަދި މުސާރައާއި، ތެލާއި އެހެނިހެން ހިންގުމުގެ ހަރަދުގެ ތެރޭގައި ކުންފުންޏަށް ގެއްލުންވާ ގޮތްތައް ބަލައި، އެކަންކަމަށް ދާއިމީ ހައްލު ގެންނާނެގޮތްތަކާއި މެދުވެސް އެކްސިސައިޒްގެ ބައިވެރިން މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށް އެ ކުންފިން މައުލޫމާތު ދީފައިވެއެވެ. ވަކިން ހާއްސަކޮށް ކުންފުނީގެ ޕްރޮކިއުމެންޓް ފަންކްޝަން މިހާރު އޮތް ގޮތާއި ބަލްކް ޕްރޮކިއުމެންޓް ނިޒާމް ހިނގާ ގޮތާއި، އެ ނިޒާމުގައި ހުރި ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް މަޝްވަރާތަކުގައި އަލިއަޅުވާފައިވާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މިފްކޯ އެފިޝެންސީ އެކްސަސައިޒްގައި އެ ކުންފުނިން މިހާރު އުފައްދާ ކަނޑުމަހުގެ ބާވަތްތައް ބައިނަލްއަގްވާމީ ބާޒާރުގައި އިސްތިހާރުކޮށް ވިއްކުމަށް ގެންގުޅޭނެ އައު މާކެޓިން ޓެކްނިކްތަކާއި، އައު މާކެޓްތައް ހޯދުމާއި، ކޮލެޓީ ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ މިންގަނޑުތަކާއިމެދުވެސް ބައިވެރިން ހިޔާލު ބަދަލުކޮށްފައިވާއިރު ވެސެލް މޫވްމަންޓް އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތާއި ލޯކަލް ޕްރޮޑަކްޓްތަކާއި، އަލަށް ކުރެވިދާނެ ވިޔަފާރިތަކާ ގުޅޭގޮތުންވެސް ވަނީ ފުޅާ ދާއިރާއެއްގައި ތަފާތު އެކި ޕްރެޒެންޓޭޝަންތައް ދައްކާލިކަމަށްވެސް ބުނެފައިވެއެވެ.

މި އެކްސަސައިޒްގައި މިފްކޯގެ ސައިޓްތަކުގެ އިސް ވެރިންގެ އިތުރުން އިންޖިނިއަރުން ބައިވެރިވެފައިވާއިރު، ކަނޑު މަހުގެ ރިޖެކްޝަން ހުންނަ މިންވަރާއި ފިޝް ކަލެކްޝަން އަދި އޮޕަރޭޝަންގެ ކަންކަން ހަރުދަނާކުރުމަށް މަސް ކިރާ ވަގުތުން ފެށިގެން އެކްސްޕޯޓް ޕްރޮސެސް ނިމެންދެން މޮނިޓަރިން މެކޭނިޒަމެއް ތައާރަފް ކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ރިޖެކްޝަނާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރެވުނެވެ.

މިފްކޯގެ އަމާޒަކީ އެކުންފުނީގެ އެފިޝަންސީ އެކްސަސައިޒްގެ ތެރެއިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުންޏަކީ ފައިދާގައި ހިނގާ އަދި ދައުލަތަށް ޑިވިޑެންޑު ދައްކާ ކުންފުންޏަކަށް ބަދަލުކުރުންކަމަށް ބުނެފައިވެއެވެ. އަދި މިފަދަ އެކްސަސައިޒެއް މިފްކޯގައި ކުރިއަށް ދިޔައިރު، އެ ކުންފުންޏަކީ ރައީސް މުއިއްޒު ގެންގުޅުއްވާ އެސްއޯއީތައް ރިފޯމް ކުރުމުގެ އެޖެންޑާގެ ދަށުން އެންމެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކޮށްފައިވާ ކުންފުނިކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: