ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ޓޮލަރޭޓް ނުކުރާނަން، މި ސަރުކާރުން އެފަދަކަމެއް ނުކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒެއް ނުފޯރުވާނެކަމަށާއި، އެފަދަކަމެއް ކުރާ ބޭފުޅަކު، ސަރުކާރުގެ މަގާމެއްގައި ހުރިކަން ފާހަގަވާ ހާލަތެއްގައި މަގާމުން ވަކި ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް ރައީސް މުއިއްޒު އެންމެ ބޮޑަށް ތަކުރާރު ކުރެއްވީ ޝަރުއީ ނިޒާމަށް އޮތް ނުފޫޒު ނިމުމަކަށް ގެނައުމާ ގުޅޭގޮތުންނެވެ. ޝަރީއަތްތަކަށް ބާރުފޯރުވައި، ވަކި މައްސަލައެއް ކުރިޔަށް ގެންދަން ނުވަތަ ނުގެންދިއުމަށް އެއްވެސް އިރުޝާދެއް ނުދެއްވާނެކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު އިސްވެ ހުންނަވައި ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވަ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު މިއަދު ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ އެއްވެސް މީހަކު ސަރުކާރުގެ ތެރެއިން ފާހަގަވާ ހާލަތެއްގައި މަގާމުން ވަކި ކުރައްވާނެކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުގެ ކިބައިން އަދި އަޅުގަނޑު އައްޔަން ކޮށްފައި ހުރި މަގާމެއްގައި ހުރި މީހެއްގެ ކިބައިން ވެސް ޝަރުއީ ނިޒާމަށް ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫން،

ރައީސް ވިދާޅުވީ ޝަރީއަތްތަކަށް ބާރުފޯރުވުން އެއީ އެމަނިކުފާނު އެއްވެސް ގޮތަކަށް ގަބޫލު ކުރާ ސިޔާސަތެއް ނޫންކަމަށެވެ. އަދި އެފަދަ ވިސްނުމެއް ގެންގުޅުމަށް ވެސް ތާއީދު ނުކުރައްވާކަމަށް ވިދާޅުވި އެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ދާދިފަހުން ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބަޔަކު އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެންތައް ލަސް ކުރުމަށް މަސައްކަތް ކުރި އެވެ. އަދި އެކަމުގެ އޯޑިއޯ ހެކި ހުރިކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ އެ އާންމު ކުރައްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.

ޝަރީއަތާއި ގުޅުވައި ރައީސް ޔާމީން ތަކުރާރުކޮށް އެކި ވާހަކަތައް ދެއްކެވި ނަމަވެސް، ސީދާ ނުފޫޒު ފޯރުވަނީ ކޮންބައެއްކަމާއި އެކަން ކުރާ ގޮތެއް އެމަނިކުފާނު ވިދާޅެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: