ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ކޮނޑުއަޅައިގެން ކުރިއަށް ދިޔުމުގެ ގާބިލުކަން ސަރުކާރުގެ ނެތް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ހިންގަމުން ދަނީ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކައާއި ރައްޔިތުންނަށްވި ވައުދުތަކާއި މުޅިން ހިލާފަށްކަމަށް އިދިކޮޅު މައި ޕާޓީ, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ކުރިޔަށް ގެންދިޔަ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ފައްޔާޒް ވިދާޅުވީ މިއީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ ވީ ވައުދުތަކާއި ދެއްކެވި ވާހަކަތަކާއި މުޅިން ހިލާފަށްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ހާރިޖީ ސިޔާސަތާއި ގުޅުވައި ވެސް އެތައް ވާހަކަތަކެއް ދެއްކެވުމަށް ފަހު، ވަކި ގޮތެއް ބޭނުވުމުން އެނބުރި އެހެން މިސާރަބަކަށް ދާ މަންޒަރު ފެންނަކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެން ދިމާވަނީ ސަރުކާރުގެ އެއްވެސް ޕްލޭންއެއް ނެތުމުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ވައުދުތައް ވަނީ އެ ތަންފީޒު ކުރެވޭނެ ގޮތެއް ބަލައި، ފައިސާ ވެސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންކަމަށް ވިދާޅުވިއިރު އެ މަސައްކަތްތައް ވީ ހިސާބަކާއި މެދު ސުވާލު އުފައްދަވާފަ އެވެ. އަދި ސިޔާސީ ވިސްނުމެއްގެ ސަބަބުން ވަޒީފާއިން ވަކި ނުކުރާނެކަމަށް ތަކުރާރުކޮށް ދައްކަވަމުން ގެންދެވި ވާހަކައިގައި މިއަދު އެއްވެސް ބުރަދަނެއް ނެތްކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ވަޒީފާތަކުން ނުކަނޑާނަމޭ، ކޮންމެ ގޮތަކަށް ކުރީ ސަރުކާރުން ކަންތައް ކުރިޔަސް.. ތިމަންމާމެން އެއްވެސް މީހަކު ނުކަނޑާނަމޭ… އެކަކު ވެސް ނުކަނޑާނަމޭ.. އިތުރޭ ތިމަންނާމެން ކުރަން ޖެހޭނީ..ފްލެޓާއި ގޯތި މުޅިން ގޯސްކޮށް ދީފައި ހުއްޓަސް އެ ނުނަގާނަމޭ.. މިހާރު އެވާހާކަތައް އަނބުރާ ގެނައީ.. މި ސަރުކާރުގައި އެއްވެސް އިހުލާސްތެރިކަމެއް އަދި މި ގައުމު ކޮނޑުއަޅައިގެން ކުރިއަށް ދިޔުމުގެ ގާބިލުކަމެއް ނެތް

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ މާލީ ސިޔާސަތުތައް ވެސް ހުރީ އިންތިހާއަށް ކަންބޮޑުވާ ހިސާބުގައިކަމަށެވެ. ޑޮލަރުގެ ތާށިކަމެއް ނެތްކަމަށާއި، ޑޮލަރުގެ ރޭޓު ދަށްވެފައިވާކަމަށް ވިދާޅުވީ ނަމަވެސް އާންމު ރައްޔިތު މީހާއަށް އެ އިހުސާސް ނުކުރެވޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ގަވައިދަށް އިސްލާހު ކުރުމާއި ގުޅިގެން އެކަމަށް ވެސް ފައްޔާޒް ފާޑުވިދާޅުވި އެވެ.

ބޭންކުތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނަންސްގެ ގަވައިދަށް ގެނައި މި އިސްލާހުގައި ވަނީ ކެބިނެޓު މިނިސްޓަރުންނާއި ގާނޫނެގެއް ދަށުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއްގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ފިޔަވައި އެހެން ފަރާތްތަކަށް ބޯޑުގައި ތިބެވޭކަމަށެވެ. އެ އިސްލާހަށް ދެކޮޅު ހައްދަވައި ފައްޔާޒް ވިދާޅުވި ގޮތުގައި މިހާތަނަށް އެއްވެސް ސަރުކާރަކުން މިފަދަ ގޮތަކަށް މާލީ ނިޒާމުގެ އިންޓެގްރިޓީއަށް އުނިކަން ގެނެސްފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: