ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ބްރިޖުގެ ސާވޭ ޑިޒައިނިން ދަނީ ކުރިޔަށް، އަހަރުގެ ފަހުކޮޅު ޕްރޮޕޯޒަލް ލިބޭނެ: މުއްތަލިބު

އައްޑޫ ބުރިޖުގެ އެއްބަސްވުމުގައި މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާއެކު ސޮއިކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދޫ ގުޅުވާލަދޭ ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނީ މިހާރު ކުންފުންޏަކާއި ހަވާލުކޮށްފައިވާ ޕްރޮޕޯޒަލް މި އަހަރުގެ ފަހުކޮޅު ލިބުމުން ސަރުކާރަށް ގަބޫލު ކުރެވޭ ހުށަހެޅުމަކަށް ވާނަމަކަމަށް ކޮންސްޓްރަކްޝަން މިނިސްޓރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ފަތުރުވެރިކަމާއި، އިގްތިސާދީ މައި މަޝްރޫއުއެއްގެ ގޮތުގައި ހުޅުދޫ، މީދޫ އައްޑޫގެ އެހެން ރަށްތަކާއި ބްރިޖަކުން ގުޅުވާލުން ރައީސް މުއިއްޒުގެ ”ދިވެހިންގެ ރާއްޖެ މެނިފެސްޓޯ“ ގައި ވަނީ ހިމަނާފަ އެވެ. މިއީ މީގެ ކުރިން ވެސް ވާހަކަ ދެކެވި، އެކަމުގެ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އަމަލީ ގޮތުން މާބޮޑު މަސައްކަތެއް ފެނުނު މަޝްރޫއުއެއް ނޫނެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ތިން ފަަހަރެއްގެ މަތީން ކުރެއްވި ދަތުރުގައި ވެސް ރައީސް ދެއްވި ޔަގީންކަމަކީ ފަސް އަހަރުގެ ތެރޭގައި އެ ބްރިޖުގެ މަސައްކަތް ނިންމާލުމެވެ.

އޭގެ ފަހުން ވެރިކަމާއި ހަވާލުވެވަޑައިގެން ވެސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭނެކަމަށް ވިދާޅުވެފަ އެވެ.

ބްރިޖާއި ގުޅުވައި އަނެއްކާވެސް އެކި ވާހަކަތައް ދެކެވެމުން ދާތީ އެކަން ސާފުކޮށް ދޭން މަޖިލީހުގައި މިއަދު އެދުނީ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. އެ މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބަކީ ކޮބައިތޯ ސުވާލު ކުރުމުން މުއްތަލިބު ވިދާޅުވީ މަޝްރޫއުގެ ސާވޭ ޑިޒައިނިންގެ މަސައްކަތަށް ބަޔަކަށް ފުރުސަތު ދީފައިވާކަމަށެވެ. އަދި އަގުތައް ބަލައި، މަަސައްކަތުގެ ޕްރޮޕޯޒަލްއެއް ހުށަހެޅުމަށް މިހާރު އަންގާފައިވާނެކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރިޔަށް ނުގެންދެވޭ ޕްރޮޖެކްޓުތަކުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ބަޔަކާ ވާހަކަ ދައްކައި ފައިނޭންސް ހަމަޖައްސައިގެން ކުރިޔަށް ދިއުންކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އެ ކުންފުނީގެ ފަރާތުން ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ސާވޭ ޑިޒައިންއަށް ބަޔަކަށް ފުރުސަތު ދީފައި އޮތީ.. އެބޭފުޅުން އަގުތަކާއި އެއްޗެހި ބަލާފައި އަޅުގަނޑުމެންނަށް ޕްރޮޕޯޒަލްއާއި އެއްޗެހި ހުށަހަޅަން.. އެއީ އަބަދުވެސް ކުރާ ގޮތަކީ ސަރުކާރު ބަޖެޓުގެ ތެރެއިން އެއްކޮށް ނުކުރެވޭ ވަރުގެ ޕްރޮޖެކްޓެއްވެއްޖެއްޔާ.. ބަޔަކާ ވާހަކަ ދައްކައިގެން ފައިނޭންސް ހަމަޖައްސައިގެން ކުރިޔަށް ގެންދިއުން.. އެ އުސޫލުގެ ދަށުން ބަޔަކަށް ފުރުސަތު ދީފައި އޮންނާނީ.. މި އަހަރުގެ ފަހުކޮޅު ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނެ.. އޭރުން އަޅުގަނޑުމެންނަށް ލިބޭ ޕްރޮޕޯޒަލް ބަލާފައި… ޕްރޮޕޯޒަލްއަކީ ސަރުކާރަށް އަގުގެ ގޮތުންނާއި ޓެކްނިކަލީ ސަރުކާރަށް އެކްސެޕްޓް ކުރެވޭ އެއްޗެއް ނަމަ އަޅުގަނޑުމެން ކުރިޔަށް ގެންދާނަން..

އެހެންކަމުން ހުށަހެޅުންތައް ލިބުމުން ހުރިހާ ގޮތަކުން ބަލައި އެއީ ކުރިޔަށް ދެވޭނެ ޕްރޮޖެކްޓެއް ނަމަ މަޝްރޫއުއާއިގެން ކުރިޔަށް ދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ކުރިޔަށް ދެވޭނެ ގޮތެއް ނެތް ނަމަ، އަނެއްކާވެސް އިތުރު ގޮތެއް ބަލައި ރަނގަޅު މަގެއް ހޯދާނެކަމަށް ފާހަގަކުރެއްވި އެވެ.

މުއްތަލިބު ވިދާޅުވީ ސާވޭގެ މަސައްކަތް ހަވާލު ކުރީ އެ ކުންފުންޏަކީ މަޝްރޫއު ކުރިޔަށް ގެންދެވޭވަރުގެ ގާބިލުކަން ހުރި ކުންފުންޏަކަށް ވާތީކަމަށެވެ. އެކަމަކު މަސައްކަތުގައި އުނދަގޫ ވާނީ ފައިނޭންސް ހޯދުމަށްކަމަށް ގަބޫލު ކުރެވޭކަމަށް ވިދާޅުވި އެވެ.

އައްޑޫ ހިތަދޫއާއި ހުޅުދޫ – މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެކަމުގައެވެ. ހަމަ އެހެންމެ މިއަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މިއީ އެމަނިކުފާނު ވައުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ އެއީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: