ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ އަމިއްލައަށް ގާނޫނު ހަދާފަ، އެ ގާނޫނަށްވެސް އަމަލު ނުކުރާ ޕާޓީއެއް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އަމިއްލައަށް ގާނޫނު ހެދުމަށްފަހު، އެ ގާނޫނަށްވެސް އަމަލު ނުކުރާ ޕާޓީއެއް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ބިނާވެށި ޕްލޭން ކުރުމާއި، ހިންގުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ ވެރިކަމުގެ ދައުރުގެ މިހާ ކުރިން މި ބިލު މަޖިލީހަށް ހުށައަޅާ ގާނޫނަކަށް ހެދުމުގެ މަސައްކަތް ފެށީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ކުރަން ޖެހުނު ހިތި ތަޖުރިބާތަކެއްގެ ސަބަބުންކަމަށެވެ. މިފަދަ މުހިންމު މަސައްކަތްތަކަށް އެމްޑީޕީއިން އޭރު ހުރަސް އެޅިކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ އިންޖީނިއަރިންގެ ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެއްކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ އެހެންކަމުން ގައުމެއް ޕްލޭން ކުރުމުގައި މިފަދަ ގާނޫނުތައް އޮތުމުގެ މުހިންމުކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކަން ވެގެން ދިޔައީ އެމަނިކުފާނާއި، ރައްޔިތުންވެސް އުއްމީދު ކުރި ގޮތަށް ނޫންކަމަށެވެ. ރައީސް މުއިއްޒާއި، ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް މާލޭގެ ރައްޔިތުން އިންތިހާބުކުރުމުން، ވަރަށް ގިނަ ރައްޔިތުންގެ މަޝްވަރާއާއިއެކު އެކަށައެޅުއްވި ބިނާވެށި ޕްލޭން ފާސްނުކޮށްދީ ތިން އަހަރުވެގެން ދިޔަކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއީ ވަރަށް ހިތާމަހުރި ކަންކަން. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް އެމްޑީޕީ ފެނިގެންދަނީ މިފަދަ މުހިންމު ކަންކަމާ ވަރަށް ދެކޮޅު ބައެއްގެ ގޮތުގައި. މިހާ މުހިންމު ގާނޫނުތައް މި އިއްޒަތްތެރި މަޖިލީހަށް ހުށައެޅިގެންދާއިރު، މިވަގުތު އަޅުގަނޑު ވާހަކަދެއްކުމާއި ހަމައަށްވެސް އެންމެ އިއްޒަތްތެރި މެންބަރަކު މި ފްލޯގައި އިންތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.

ޝުޖާއު ވިދާޅުވިއެވެ.

މިފަދަ މުހިންމު ބިލްތައް މަޖިލީހަށް ހުށައެޅުމުން އެމްޑީޕީގެ މެންބަރުން އެއްވެސް އަހަމިއްޔަތުކަމެއް ނުދެއްވާކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް އެމްޑީޕީއިން ވަރަށް ދެކޮޅުކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ތިމާމެންނާ ނުބައްދަލު ސައިޒުގެ ވާހަކަދައްކާ ޕާޓީއެއްގެ ގޮތުގައި ޝުޖާއު ސިފަ ކުރެއްވިއެވެ. އަދި އަމިއްލަ ހަދާ ގާނޫނަށްވެސް އެމްޑީޕީއަށް އަމަލު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

ބިނާވެށި ޕްލޭންއަކީ ވެރިކަން ބަދަލުވާ މަރުހަލާގެ ތެރޭގައި ކުޅޭ ކުޅޭ އެއްޗަކަށް ވެގެން ނުވާނެކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ، މިހެން ކަން ވެގެންދަނީނަމަ ގައުމު ބިނާކުރުމަށް ހުރަސްތަކެއް އެޅިގެންދާނެކަމަށެވެ. ރާއްޖޭގައި ބިމަށްވުރެ ބޮޑީ ކަނޑުކަމަށްވާއިރު ލިބިފައިވާ ކުޑަ ބިން ކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި ދުރު ރާސްތާ ޕްލޭންތައް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ފައިދާވާނެ ބޮޑެތި މަޝްރޫއުތައް ހިންގިއިރު، އެމްޑީޕީ ފެނިގެންދިޔައީ ޒިންމާދާރުކަން ކުޑަ އިދިކޮޅު ފަރާތެއްގެ ގޮތުގައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް އެމްޑީޕީއިން ފާޑުކީކަމަށާއި، އެކަމާއި ދެކޮޅަށް އިހުތިޖާޖިވެސް ކުރާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ފަށަން އުޅޭ ބަންކަރިންގެ ހިދުމަތް ދޭ މަޝްރޫއު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: