ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރީން އިންވެސްޓްމެންޓް ބިލުގައި ސާފު ނޫން ގިނަ ކަންތައްތަކެއް އެބަހުރި: ކުޑޫ

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރީން އިންވެސްޓްމެންޓް ބިލުގައި ސާފު ނޫން ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

ފޮރީން އިންވެސްމެންޓު ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ 19 ވަނަ މަޖިލީހަށް އެމްޑީޕީއިން މި ބިލު ހުށާއެޅިކަމަށެވެ. ނަމަވެސް މި ސަރުކާރުން މި ބިލު 20 ވަނަ މަޖިލީހަށް ހުށައަޅާފައިވަނީ މުހިންމު ކަންތައްތަކެއް އުނިކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފޮރީން އިންވެސްޓަރުން ރާއްޖޭގައި ހަރަކާތްތެރިވާނެ ގޮތާއިމެދު އެމްޑީޕީގެ ބިލުގައި ހިމަނާފައިވާ ގާނޫނީ އޮނިގަނޑު ވަނީ އެއްކޮށް އުނި ކުރެވިފައިކަމަށް ފާހަގަކުރެއްވިއެވެ. ފޮރީން އިންވެސްޓަރު ރާއްޖޭގައި މަސައްކަތް ކުރާނެ ގޮތުގެ ސާފު ގާނޫނީ އޮނިގަނޑެއް ބޭނުންވާކަމަށް މެންބަރު ފާހަގަ ކުރެއްވިއެވެ. މުހައްމަދު އިބްރާހިމް ވިދާޅުވީ މިހާރު މިކަން އޮތީ އުސޫލުތަކެއް ހަދައިގެން ބެލެހެއްޓޭޭ ގޮތަށްކަމަށާއި، އެހެންކަމުން އޭރެއްގައި ހުންނަ ވަޒީރަކަށް މިކަމަށް ބާރު ފޯރުވޭކަމަށެވެ.

ފޮރީން ކޮންޓްރެކްޓަރެއް ޕްރޮޖެކްޓެއް ހިންގަން ރާއްޖޭގައި ގާއިމްވެ ތިބޭ މުއްދަތުގައި، ރަޖިސްޓްރީވުމަށް ލާޒިމް ކުރުމަކީ ރެގިއުލޭޓު ކުރުމަށް ކޮންމެހެން މުހިންމުކަމެއްކަމުގައި އަޅުގަނޑު ދެކެން.

ކުޑޫ ވިދާޅުވިއެވެ.

ފޮރީން ކޮންޓްރެކްޓަރުން ރާއްޖޭގައި ޕްރޮޖެކްޓެއް ހިންގަނީނަމަ، ރާއްޖޭގައި ގާއިމްވެ ތިބޭ މުއްދަތުގައި، ރަޖިސްޓްރީވުމަށް ލާޒިމް ކުރުމަކީ ރެގިއުލޭޓު ކުރުމަށް މުހިންމުކަމެއްކަމަށް ފާހަގަކޮށް މުހައްމަދު އިބްރާހިމް ވިދާޅުވީ މިކަމުގައި ސަރުކާރުގެ ސިޔާސަތު ސާފު ނުވާކަމަށެވެ. އެހެން ބިލެއްގައި މިކަންކަން ހިމެނުމަށް ނިންމާފައިވާކަންވެސް ސާފު ނުވާކަމަށް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ބިލުގެ ތައާރަފުގައި އިންވެސްޓްމެންޓްތައް ދައުލަތަށް ނެގުމުގެ ވާހަކަ އޮތްއިރު، މިއީ ކޮންމެހެން ތައާރަފުގައި އޮންނަން ޖެހޭ ބައެއްތޯ ސުވާލު އުފެދޭކަމަށެވެ. މިކަމުގެ ސަބަބުން ގާނޫނު ކިޔަން ފަށާއިރުވެސް އިންވެސްޓަރުންނަށް ނުބައި މެސެޖެއް ލިބޭކަމަށް ވިދާޅުވިއެވެ. މި ބިލު ގާނޫނަކަށް ވީމަ ބޭރުގެ އިންވެސްޓަރުންނަށާއި، އެމީހުންގެ ވަކީލުންނާއި، ކޮންސަލްޓަންޓުންވެސް އިނގިރޭސި ތަރުޖަމާ ކިޔާނެކަމަށާއި، ގާނޫނުގެ ފެށުމުގެ މިފަދަ ވާހަކައެއް އޮތުމުން ބިލުގެ މަގްސަދު ހާސިލް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ވާހަކަތައް އުނިކުރަން ޖެހޭކަމަށެވެ.

ގާނޫނު ގެނައުމުގެ އެންމެ މުހިންމު މަގްސަދު ބިލުގައި ނެތްކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ، އެއީ ފޮރިން އިންވެސްޓްމެންޓްތަކަށް ލިބިދޭ ހިމާޔަތާއި، ރައްކާތެރިކަން ރާއްޖޭގައި ކަށަވަރުކޮށްދީފައި އޮތް މިންވަރުކަންކަމަށެވެ. ނަމަވެސް އެހެން މާއްދާއެއްގައި މި ވާހަކަ އެބައޮތްކަމަށް ވިދާޅުވިއެވެ. ހަމަ އެ މާއްދާގައި އިންވެސްޓަރުންގެ ޒިންމާއާއި ފިޔަވަޅު އަޅާ ވާހަކަވެސް އެބައޮތްކަމަށާއި، މިއީ ރަނގަޅު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މި ގާނޫނަކީ ފޮރީން އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ގާނޫނަކަށް ވާން ޖެހޭކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: