ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ ފީ ނުދައްކާ ކުންފުނިތައް: 630 މިލިއަނުން، ތިން ހަފްތާއިން ދައުލަތަށް 182 މިލިއަން

ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ޖުރިމަނާގެ ފައިސާ ނުދަައްކައިގެން ނަންތައް އާންމު ކުރި ބައެއް ކުންފުނިތަކުން ފައިސާ ދެއްކުމުން ދައުލަތަށް 182 މިލިއަން ރުފިޔާ ރިކަވާރ ކުރެވިއްޖެ އެވެ.

ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ސިޔާސީ ނުފޫޒާއި ބާރު އޮތް އެކި މީހުންގެ ނަން ލިސްޓުގައި ހިމެނި މީޑިއާތަކުގައި ރިޕޯޓު ކުރުމުން ކުންފުނިތަކުން ނިކުމެ އެ މީހުންގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ގުޅުން އޮތް ބައެއް މެމްބަރުން ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ.

ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން އެންގިއިރު، 1،026 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ 636 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެތެރޭގައި ހިމެނޭ 123 ކުންފުންޏަކުން ދައްކަން ޖެހޭ ފައިސާތައް ހުރީ މިލިއަނުންނެވެ.  މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއް ދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.

ލިސްޓު އާންމު ކުރިތާ ދެ މަހާއި ގާތްވެފައިވާއިރު ހޯމް މިނިސްޓްރީން އާންމު ކުރި ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން ފައިސާގެ ތެރެއިން 182 މިލިއަން ރުފިޔާ މިހާރު ވަނީ ލިބިފަ އެވެ.

ވޯކް ޕާމިޓު ނެތި މަސައްކަތް ކުރަމުންދާ ބިދޭސީން ހިފަހައްޓައި ބަލާ ފާސްކުރުމުގެ މަސައްކަތް ފެށިފަހުން ވޯކްޕާމިޓް ދައްކާ އަދަދު ވެސް ވަނީ އިތުރުވެފައިކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިން، ގަވައިދުން ދައުލަތަށް ވޯކްޕާމިޓް ފައިސާ ދައްކަން ޖެހެއެވެ. އެހެން ނަމަވެސް އުސޫލާއި އެއްގޮތަށް ފައިސާ ދައްކަމުން ދަނީ ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި 35 އިންސައްތައެއްހާ މީހުންނެވެ.

ގަވައިދާއި ހިލާފަށް، އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށް ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރަނގި“ ޕްރޮގްރާމް މިހާރު ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހިފެހެއްޓި މީހުންގެ އަދަދު ދެހާހުން މައްޗަށް އަރަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: