ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސްގެ އިރާނާއި ޕެރިސް ދަތުރަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ

ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގަތީ އައު ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާނާއި އޮލިމްޕިކްސް ރަސްމިއްޔާތަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަރަދުވީ 1.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ލިބުނު ދައުވަތު ގަބޫލުކޮށް ނައިބު ރައީސް ފްރާންސާށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ވެސް ރައީސް އޮފީހުން ހިއްސާކުރި އެވެ. މިދިޔަ ޖުލައި މަހުގެ 24 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސް ބައިވެރިވެފައި ވަނީ ފްރާންސަކީ ކުޅިވަރުގެ އެންމެ ފުންނާބު އުސް އެއްގައުމުކަމަށް ވާތީ އެ ދާއިރާއިން ދިވެހި އެތްލީޓުންނާއި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގައި ގެންގުޅެވޭނެ އައު ގޮތްތަކެއް ދެނެގަނެ މަޝްވަރާ ކުރުމަށްކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު އާންމުކޮށް ހިއްސާ ކުރި މައުލޫމާތުގައި ރައީސް އޮފީހުން ބުނެފައި ވަނީ މި ދަތުރުގައި ނައިބު ރައީސް ބައިވެރިވެފައިވަނީ އޮލިމްޕިކްސް ފަދަ ދުނިޔޭގެ މަގުބޫލު ކުޅިވަރު މުބާރާތެއްގެ ތެރެއިން ދިވެހިރާއްޖެއާއި ސްޕޯޓްސް ޓުއަރިޒަމްގެ ރޮނގުން ރާއްޖެ ދުނިޔޭގެ ލީޑަރުންނާއި އެތްލީޓުންނަށް ތައާރަފު ކުރުމަށްކަމަށެވެ.

މި ދަތުރުގެ ސަބަބުން އޮލިމްޕިކް ގޭމް ހަވާސާގައި ބޭއްވި ކޮމަންވެލްތް ސްޕޯޓްސް މިނިސްޓާސް ބައްދަލުވުމަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި ދިވެހި ކުޅިވަރު ތަރައްގީ ކުރއްވުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް ހިޔާލު ހޯދުނުކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅަށް ހަރަދުވެފައި ވަނީ ރައީސް އޮފީހުގެ ތަފްސީލުގައިވާ ގޮތުން 1.3 މިލިއަން ރުފިޔާ އެވެ.

އީރާނަށް ނައިބު ރައީސް ވަޑައިގަތީ، އީރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމަށެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ފަލަސްތީނަށް ބައިނަލްއަޤުވާމީ މުޖްތަމައުއިން ހައްލެއް ހޯދެންދެން ވަކާލާތު ކުރުމަށް ބާރުއަޅައި ހަމަލާތައް ވަގުތުން ހުއްޓާލުމުގެ މުހިންމުކަމާއި މެދު ރާއްޖެއާއި އީރާން ސަރުކާރު ދެމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެއިތުރުން އީރާނުގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި ބައްދަލުކޮށް، ދަތިތައް ހައްލު ކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިކަން ފާހަގަކުރި އެވެ.

ދެ ދުވަހުގެ މި ދަތުރުފުޅަށް ހަރަދުވެފައި ވަނީ ހަތަރުލައްކަ ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: