ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ މަޤާމުން އިސްތިއުފާދެއްވުމަށް ނިންމަވައިފި

"ކިޝިދާ އޭނާގެ ނިންމުން އިއުލާނުކުރެއްވީ ޓޯކިޔޯގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި [ފިލިޕް ފޮންގް/ޕޫލް ވިއާ ރޮއިޓަރސް]"
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ އިންތިޚާބުގައި އެ ޕާޓީގެ ލީޑަރުކަމަށް އަލުން ކުރިމަތިނުލާނެކަމަށް އިއުލާނުކުރައްވާފައެވެ. މި ނިންމެވުމުގެ ސަބަބުން ޤައުމަށް އައު ބޮޑުވަޒީރަކު ލިބޭނެއެވެ.

ބުދަ ދުވަހު ޓޯކިޔޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކިޝިދާ ވިދާޅުވީ، އެލްޑީޕީގެ އިސްވެރިކަމަށް އައު މޫނެއް ގެނައުމުގެ ވަގުތު އައިސްފައިވާ ކަމަށާއި، އައު ލީޑަރޝިޕަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

”މި އިންތިޚާބުގައި، އެލްޑީޕީ ބަދަލުވަމުންދާކަމާއި ޕާޓީއަކީ އައު އެލްޑީޕީއެއްކަން ރައްޔިތުންނަށް ދައްކަން ޖެހޭ،“ މިކަމަށްޓަކައި، ހާމަކަން ބޮޑު އަދި ހުޅުވާލެވިފައިވާ އިންތިޚާބުތަކާއި މިނިވަން އަދި ހަރުދަނާ ބަހުސްތައް މުހިންމު. އެލްޑީޕީ ބަދަލުވާނެކަން ދެއްކުމަށް އެންމެ ފާޅުކަން ބޮޑު ފުރަތަމަ ފިޔަވަޅަކީ އަހަރެން ފަހަތަށް ޖެހުން. އަހަރެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރާނަން“  ކިޝިދާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

ކިޝިދާ ވަނީ އިސް އިދާރީ އޮފިޝަލުންނަށް އޭނާ ކުރިމަތިނުލާނެކަމުގެ ސަބަބުތައް އަންގަވާފައިކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޮޓް ކޮށްފައިވެއެވެ.  އޭގެތެރޭގައި ގައުމީ ބްރޯޑްކާސްޓަރ އެންއެޗްކޭ ހިމެނޭގޮތަށް، ކުރިން ރިޕޯޓުކޮށްފައިވެއެވެ.

ކިޝިދާ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕާޓީގެ ރައީސްކަމަށް 3 އަހަރުގެ ދައުރަކަށް އިންތިޚާބުވެ، އޭގެ ކުޑަ މުއްދަތެއްގެ ފަހުން އާންމު އިންތިޚާބެއްގައި ކާމިޔާބު ހޯދިއެވެ.

ނަމަވެސް، އެލްޑީޕީގެ ތެރޭގައި ހިނގާފައިވާ ބޮޑު ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އޭނާގެ ތާއީދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މި މައްސަލައަކީ ޕާޓީގެ އިވެންޓުތަކަށް ވިއްކާފައިވާ ޓިކެޓުތަކުން ހޯދާފައިވާ ސިޔާސީ ފައިސާ ރިޕޯޓު ނުކުރުމާ ގުޅޭ މައްސަލައެކެވެ.

އެލްޑީޕީގެ 80 އަށްވުރެ ގިނަ މެންބަރުން، ހިމެނޭއިރު އޭގެ ތެރެއިން ގިނަ މެންބަރުންނަކީ އަވަހާރަކޮށްލެވުނު ކުރީގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ކުރިން އިސްކޮށް ހުންނެވި ޕާޓީގެ މުހިންމު ފެކްޝަނަކަށް ނިސްބަތްވާ މެންބަރުންނެވެ. މި މައްސަލައިގައި ޖެނުއަރީ މަހު 10 މީހުންގެ މައްޗަށް، އެއީ މެންބަރުންނާއި އެމީހުންގެ އެހީތެރިންގެ މައްޗަށް، ދަޢުވާ އުފުލިފައިވެއެވެ.

ޕާޓީގެ ލީޑަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ކާމިޔާބު ހޯދާ ފަރާތަކަށް، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ބޮޑުވަޒީރުކަމުގެ މަޤާމު ލިބެނީ ޕާލިމެންޓުގައި އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީގެ ލީޑަރަށެވެ.

ޤައުމުގެ މައިގަނޑު އިދިކޮޅު ޕާޓީ ކަމުގައިވާ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ކެންޓާ އިޒުމީ ފާހަގަކުރެއްވި ގޮތުގައި، ކިޝިދާއަށް ދަތިތަކާ ކުރިމަތިލާން ޖެހުނު މައްސަލަތައް އަދިވެސް ހައްލުވެފައެއް ނުވެއެވެ.

”މި މައްސަލަތައް އަދިވެސް ހައްލުނުވެ ވަނީ،“ އޭނާ އެކްސް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ލިޔުއްވިއެވެ.

ކުރީގެ ފޮރިން މިނިސްޓަރެއް ކަމުގައިވާ، އަދި އެއްބަސްވުމަކަށް އާދެވޭ މީހެއްގެ ގޮތުގައި މަޝްހޫރު ކިޝިދާ، ވެރިކަމުގެ މަޤާމު ހަވާލުވީ ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލުމުގައި ފާޑުކިޔުން އަމާޒުވި ޔޮޝިހިދެ ސުގާގެ ފަހުންނެވެ.

ކިޝިދާގެ ވެރިކަމުގައި، ޖަޕާނުން ވަނީ 2027 ވަނަ އަހަރާ ހަމައަށް ދިފާއީ ޚަރަދު ދެގުނަ އިތުރުކޮށް، ނޭޓޯގެ މިންގަނޑަށް، ޖީ.ޑީ.ޕީގެ ދެ އިންސައްތައަށް އިތުރުކުރުމަށް ވައުދުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: