ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުން މަސައްކަތް ހުއްޓާލައި މުޒާހަރާއަށް!

އިންޑިއާގެ ނިއު ދިއްލީގައި ހުރި ސަރުކާރުގެ ހޮސްޕިޓަލެއްގައި ބޭއްވުނު މުޒާހަރާއެއްގައި،
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮކްޓަރަކު ރޭޕްކޮށް މަރާލުމުގެ ސަބަބުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުން މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ގާތްގަނޑަކަށް 300،000 ރެސިޑެންޓް ޑޮކްޓަރުން ވަނީ ހަޅުތާލުކުރަން ފަށާފައެވެ. މިއީ އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ ވެރިރަށް ކޮލްކަތާގައި މަސައްކަތްކުރަމުންދިޔަ 31 އަހަރުގެ ރެސިޑެންޓް ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެންނެވެ. މީގެ ސަބަބުން، އިޚްތިޔާރީ އަދި ކުއްލި ނޫން ޕްރޮސީޖަރތައް ވަނީ ހުއްޓާލާފައެވެ.

ރޭޕްކޮށް މަރާލި އަންހެން ޑޮކް1ޓަރު ހަށިގަނޑު ފެނިފައި ވަނީ އޭނާ  މަސައްކަތްކުރި އާރް.ޖީ. ކާރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ސެމިނަރ ރޫމެއްގެ ތެރެއިން ފާއިތުވި ހުކުރު ދުވަހުއެވެ. ރިޕޯޓުތަކުގައިވާ ގޮތުން، މިހާރު ވަނީ މިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ.

”މި ހިތާމަވެރި ހާދިސާއިން ވަރަށް ސާފުކޮށް ފެންނަނީ މުޅި ޤައުމުގެ ސިއްހީ މަރުކަޒުތަކުގެ ސަލާމަތީ ކަންކަމުގައި ހުރި ބޮޑެތި އުނިކަންތައްތައް،“ މިހެން ބުނެފައިވަނީ އިންޑިއާގެ ފެޑެރޭޝަން އޮފް ރެސިޑެންޓް ޑޮކްޓަރސް އެސޯސިއޭޝަން (ފޯޑާ) އިން އެކްސް ގައި ޝާއިޢުކުރި ބަޔާނެއްގައެވެ.

މި ހާދިސާގެ ފަހުން، ފޯޑާއިން ވަނީ ޑޮކްޓަރުންގެ ސެންޓްރަލް ޕްރޮޓެކްޝަން އެކްޓް ފާސްކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. އެމީހުން ބުނާގޮތުގައި މި ޤާނޫނުން މުޅި ޤައުމުގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެއެވެ. އެއީ އަނިޔާވެރިކަމަކީ ކޮބައިކަން އެއް މާނައެއްގައި ބަޔާންކޮށްދީ، އެފަދަ ކަންކަން ކުރާ މީހުންނަށް ދޭންޖެހޭ އަދަބު ސާފުކޮށް ބަޔާންކޮށްދިނުމުންނެވެ. ފޯޑާއިން ވަނީ މި ޤާނޫނު އަވަހަށް ތަސްދީޤުކުރުމަށް އެހީތެރިވެދޭނެ ކޮމިޓީއެއް އުފެއްދުމަށާއި، މި ކުށުގެ ތަޙުޤީޤު ވަގުތުން ފެށުމަށާއި، އެ ތަޙުޤީޤު ހިންގުމުގައި ހާމަކަން ބޮޑުގޮތެއްގައި އަދި ވަކިފަރާތަކަށް ނުޖެހި ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

މިހާރު، އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ މަޢުލޫމާތު ތަކުން އެނގޭ ގޮތުގައި، އިންޑިއާގެ 28 ސްޓޭޓުގެ ތެރެއިން 25 ސްޓޭޓެއްގައި ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން އަނިޔާއިން ރައްކާތެރިކުރުމަށް ޤާނޫނުތަކެއް ވަނީ ހެދިފައެވެ. ނަމަވެސް، މި ދާއިރާގެ ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި މި ޤާނޫނުތަކަކީ ގިނަފަހަރަށް އެހާ އަސަރުކުރާ ޤާނޫނުތަކެއް ނޫނެވެ. އަދި މަރުކަޒީ ސަރުކާރުން ހަދާ ޤާނޫނެއް ތަންފީޒުކުރުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

ގިނަ ޑޮކްޓަރުން ބުނާގޮތުގައި އެމީހުންނަށް މަސައްކަތުގެ މާޙައުލުގައި އަދިވެސް އަނިޔާ ލިބެމުންދެއެވެ. މިފަދަ އަނިޔާތައް ގިނަފަހަރަށް ކުރަނީ ބަލިމީހުންނާއި އެމީހުންގެ ގާތްތިމާގެ މީހުންނެވެ. 2015 ވަނަ އަހަރު އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ހެދި ސަރވޭއަކުން ދައްކާގޮތުގައި 75 ޕަސެންޓް ޑޮކްޓަރުންނަށް މަސައްކަތުގައި އުޅެނިކޮށް ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ލިބިފައިވެއެވެ.

ނޭޝަނަލް އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް އާރު.ވީ. އަސޯކަން އިންޑިއާގެ ޓީވީ ޗެނަލް އެންޑީޓީވީއަށް ވިދާޅުވިގޮތުގައި އޭނާ ޚާއްޞަކޮށް ކަންބޮޑުވަނީ އަންހެން ޑޮކްޓަރުންގެ ރައްކާތެރިކަމާ ބެހޭގޮތުންނެވެ. އެއީ އެފަރާތްތަކަށް ޖިންސީ ގޯނާއާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ފުރުޞަތު ބޮޑުވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: