ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިތައް ނަގާފައި ހުރިއިރު، އިގްތިސާދަށް ފައިދާ ކުރާނެ ވަރުގެ އެސެޓެއް ފެންނާން ނެތް: ޝަފީގު

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިނޭންސް ކުރުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަރަނިތައް ނަގާފައިހުރި އިރު އިގްތިސާދަށް ފައިދާ ކުރާނެ ވަރުގެ އެސެޓެއް ނެތުންކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ކުރިޔަށް ގެންގޮސްފައި ވަނީ 2025/2027 އަށް ދައުލަތުގެ މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުގެ ތަފްސީލުއް ހުށަހެޅުމެވެ. ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޝަފީގު ވިދާޅުވީ ބޭނުންވާ ހިދުމަތްތައް ރައްޔިތުންނަށް ގާތުން ދެވެން ނެތުމުގެ އެންމެ ބޮޑު ސަބަބަކީ ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވުމެވެ.

ޝަފީގް ވިދާޅުވީ މީގެ ކުރިން މާލީ ސިޔާސަތުތަކަށް ހަމަޖެހޭ އުސޫލުތަކެއް ގެންގުޅެފައި ނެތުމުގެ ސަބަބުންނާއި ސަމާލުކަމެއް ދެވިފައި ނެތުމުން އޭގެ އަގު ދައްކަން ޖެހުނީ މި ސަރުކާރުންނެވެ. ޝަފީގު ވިދާޅުވީ އިގްތިސާދުގެ ކެޕޭސިޓީއާއި އާމްދަނީއާއި ނުބައްދަލު މިންވަރަކަށް ހަރަދު ކުރުމަށް ނިންމައި މަނިޓަރައިޒް ކުރުމާއި އެހެނިހެން ގޮތް ގޮތުން ފައިނޭންސް ކުރުމުގެ ތެރެއިން އެސްކްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއް ތަންފީޒު ކުރުމުގެ އަގު މި ސަރުކާރުން ދައްކަން ޖެހިފައިވާކަމަށެވެ.

އާމްދަނީއާއި އަޅާބަލައި ހަރަދުތައް ބޮޑު މައްސަލައިގައި ޝަފީގް ވިދާޅުވީ ސްޓްރަކްޗަރަލީ މި އަދަދުތައް ނަގައިގެން ބޮޑެތި ޑެފިސިޓުތައް ފައިނޭންސް ކުރުމުގެ ސަބަބުން ޑެޓް ސާވިސް ކުރުމުގައި ދަތިވެފައިވާކަމަށެވެ.

ރާއްޖޭގެ ޓެކްސް ސިސްޓަމަކީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ފުރިހަމައަށް ތަންފީޒު ވަމުން އައި ޓެކްސް ސިސްޓަމެއް.. އޭގެ ބޭނިފިޓް އެންމެ ފުރިހަމައަށް ލިބޭނީ، ހަގީގަތުހައި ދައުލަތަށް ލިބެން ޖެހޭ އަދަދު އެ އަދަދު އަޅުގަނޑުމެންނަށް ލިބިގެން.. އެ އަދަދު ހޯދުމުގެ މަސައްކަތް ސަރުކާރުން މިވަނީ ފަށާފައި… އަޅުގަނޑުމެންނަށް ނުލިބި ހުރި ބޮޑެތި އަދަދުތަކެއް އެބަހުރި… އެހެންވެއްޖެއްޔާމު އެ އަދަދު ލިބުމާއި އެކު ވެސް އަޅުގަނޑުމެން ޑެޓްސް ނަގަން ޖެހޭ މިންވަރު ކުޑަވެގެން ދާނެ..

ދައުލަތަށް ލިބެން ޖެހޭ އަދަދުތައް ހޯދުމަށް ސިޔާސަތުތައް މިހާރު އެކުލަވާލާފައިވާއިރު، އެކި ސަބަބުތަކަށް ނަގަން ޖެހޭ ލޯބު ދަށްވެގެން ދާނެކަމަށް ޝަފީގް ވިދާޅުވި އެވެ.

މީގެއިތުރުން ޝަފީގް ވިދާޅުވީ ދައުލަތުން ބޮޑެތި ދަރަނިތައް ނަގާފައި ހުރިއިރު ގައުމަށް ފައިދާވެ ނަފާވާވަރުގެ އެއްވެސް އެސެޓެއް ފެންނަން ނެތްކަމަށެވެ.

އަޅުގަނޑުމެންނަށް މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ބޮޑެތި ދަރަނިތަކެއް ނަގާފައި ހުރިއިރު، އަޅުގަނޑުމެންގެ އިކޮނޮމީއަށް ނަފާވާނެ ވަރުގެ އެސެޓުތަކެއް އަޅުގަނޑުމެންނަށް ފެންނާކަށެއް ނެތް.. ކުރީގައި ފާހަގަކުރެއްވި ސަނީ ސައިޑް ބޮންޑު ސެޓްލް ކުރުމަށް ފަހު އޭގެ މައްޗަށް، ރިފައިނޭންސިން ކުރެވިގެން ބޮޑު  އަދަދެއް ނެގުނީހޭ.. ނެގުމާ ގުޅިގެން އެސެޓެއް ހުރިނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެ.. އޭރުން އެސެޓުތަކެއް ބޭނުންކޮށްގެން ކޮސްޓުތަކެއް ސޭވް ކުރެވުނީސް.. ނުވަތަ އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދުނީސް ނުވަތަ އިކޮނޮމީ ހަރަކާތްތެރިވާނެ، އިކޮނޮމީގެ ދުވެލި ރަނގަޅު ކުރެވުނީސް..

ޝަފީގް ވިދާޅުވީ ސަނީ ސައިޑް ބޮންޑު ދައްކައި، ރީފައިނޭންސްކޮށް އަދަދެއް ނެގޭނީ އެސެޓެއް ފެންނަން ހުރިނަމަ ކަމަށެވެ. އެހެން ނޫން ނަމަ، އެސެޓުތައް ބޭނުންކޮށްގެން އިކޮނޮމީގެ ދުވެލި ރަނގަޅު ކުރެވުނީސްކަމަށް ޝަފީގް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި ޝަފީގު ފާހަގަކުރެއްވީ ސިނަމާލެ ބްރިޖުގެ ސަބަބުން ހުޅުމާލޭގެ ވެލިއު އުފުލިގެން ދިއުމެވެ. މިއީ ވިޔަފާރިއާއި އިގްތިސާދަށް ލިބޭ ކުރިއެރުމެއްކަމަށް ޝަފީގް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: