ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 997 މިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި 2024 ގައި މީރާއަށް 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.1 އިންސައްތަ ދަށް އަދަދެކެވެ. އަދި، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، ޖުލައި 2024 ގައި ސުންގަޑިއައް ބަދަލެއް އައިސްފައި ނުވާތީ، ޖުލައި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެއިތުރުން، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ޖުލައި 2023 އާއި އަޅައިބަލާއިރު، ޖުލައި 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.4 އިންސައްތަ އިތުރުވެފައި ވާތީ، ޓީޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކަން ޖެހޭ، 2024 ވަނަ އަހަރުގެ ދެ ވަނަ އިންޓެރިމްގެ ފައިސާވެސް މީރާއިން ވަނީ ޖުލައިމަހު ބަލައިގަނެފައެވެ. މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ. އަދި އެންފޯރސްމަންޓް ފިޔަވަޅުތަކާއި ގުޅިގެން، ކުރީގެ ސުންގަޑިތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ މީރާއަށް ލިބިފައިވުމަކީވެސް ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ސަބަބެކެވެ.

ޖުލައި 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 50.07 އިންސައްތަ ނުވަތަ 1.47 ބިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ ގެ ގޮތުގައެވެ. އެއީ 33.33 އިންސައްތަ ނުވަތަ 997.31 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 116.28 މިލިއަން ރުފިޔާ އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.83 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 75.05 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 217.78މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޖުލައި 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: