ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެރިސްގެ އިޤްތިޞާދީ އެޖެންޑާ: ކާބޯތަކެތީގެ އަގުތަކާއި ކުޑަކުދިންގެ ޓެކްސް ކްރެޑިޓަށް އަހައްމިއްޔަތުކަން ދޭނެކަމަށް ބެލެވޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސްގެ އިޤްތިޞާދީ އެޖެންޑާ އަމާޒުކުރެވިފައިވަނީ ކާބޯތަކެތީގެ އަގު، ގެދޮރުގެ އަގު އަދި ޞިއްޙީ ޚިދުމަތުގެ އަގު ދަށްކުރުމަށާއި، ކުޑަކުދިންނަށް ދެވޭ ޓެކްސް ކްރެޑިޓް އިތުރުކުރުމަށާއި، އަދި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ ޓެރިފްތަކާއި ޓެކްސްތަކާ ބެހޭގޮތުން ތަފާތު ވިސްނުމެއް ގެންގުޅޭކަން ދައްކުވައިދިނުމަށް ކަމަށް އޭނާގެ އެހީތެރިންނާއި ލަފާދޭ ފަރާތްތަކުން ބުނެފައިވެއެވެ.

އެމެރިކާގެ ނައިބު ރައީސް ކަމުގައިވާ ހެރިސް ވަނީ، ނޮވެމްބަރު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓުދޭ ފަރާތްތަކަށް އަގުތަކުގެ މުހިންމުކަން ފާހަގަކޮށް، ހުކުރު ދުވަހު ނޯތު ކެރޮލައިނާގައި ދެއްވާ ތަޤުރީރެއްގައި އޭނާގެ އިޤްތިޞާދީ ޕްލޭންގެ ބައެއް ތަފްޞީލުތައް ހާމަކުރައްވަން ވަނީ ނިންމަވާފައެވެ. މި ތަޤުރީރުގައި އަގުތައް ދަށްކުރުމާއި ”އަގު ބޮޑުކޮށް ވިއްކުން“ ފަދަ ކަންކަމަށް ބައްލަވާލައްވާނެ ކަމަށް ވެއެވެ.

ރޮއިޓާސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލޭބަރ ޑިޕާޓްމަންޓުން ބުދަ ދުވަހު ބުނެފައިވަނީ، ޖުލައި މަހު އަގުތައް މައްޗަށް ދިއުމުގެ ނިސްބަތް (އިންފްލޭޝަން) ގާތްގަނޑަކަށް 3 1/2 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް 3 ޕަސެންޓް އަށްވުރެ ދަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކާބޯތަކެއްޗާއި ކަސްޓަމަރުން ބޭނުންކުރާ މުދަލުގެ އަގުތައް ވަނީ ބަލިމަޑުކަމުގެ ކުރިއާ އަޅާބަލާއިރު މަތީގައެވެ.

އެމެރިކާގެ ވޯޓަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވަނީ އިޤްތިޞާދީ ކަންކަމެވެ. އަދި އިޤްތިޞާދު ރަނގަޅަށް ބެލެހެއްޓޭނީ ރިޕަބްލިކަނުންނަށް ކަމަށް އާންމުކޮށް ދެކެއެވެ.

ހެރިސްގެ ކެމްޕޭނުން ބުދަ ދުވަހު ބުނެފައިވަނީ، ހެރިސް ގޮވާލާނީ ކުންފުނިތަކުން ބޮޑެތި އަގުތައް ކަނޑައެޅުން މަނާކުރާ ފެޑެރަލް ޤާނޫނެއް ހެދުމަށާއި، މަސް ޕްރޮސެސްކުރާ ކުންފުނިތަކުގެ އަމަލުތަކާ މެދު ފާޑުކިޔުމަށް ކަމަށެވެ.

އޭނާގެ ހުށަހެޅުމުގައި ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަނަށް ކާބޯތަކެއްޗާއި ގްރޯސަރީ ދާއިރާގައި ހިނގާ ނަހަމަ ބޭނުންކުރުންތައް ތަޙްޤީޤުކޮށް އަދަބު ދިނުމުގެ ބާރު ދިނުމަށެވެ. އަދި އޭނާގެ އިދާރާއިން މި ދާއިރާގައި ހިނގާ އެއްވުންތަކަށް އިތުރު ސަމާލުކަމެއް ދޭނެއެވެ. ހެރިސްގެ އެހެން ޕްލޭންތަކުގައި ބޭސް އަގުތަކާއި ގެދޮރުގެ އަގުތަކާ ބެހޭ ކަންކަން ހިމެނޭނެއެވެ.

ހެރިސްގެ އިޤްތިޞާދީ މެނިފެސްޓޯ ވަރަށް ބޮޑަށް ވަނީ ޕްރެޒިޑެންޓް ޖޯ ބައިޑެންގެ މެނިފެސްޓޯއާ އެއްގޮތަށެވެ. އަދި މެދު ފަންތީގެ މީހުންނަށް އަމާޒުކުރެވިފައެވެ. ރިޔާސީ އިންތިޚާބަށް 90 ދުވަހަށްވުރެ މަދު ދުވަސްކޮޅެއް އޮތްއިރު، އޭނާގެ ކެމްޕޭނުން ޚާއްޞަ ސަމާލުކަމެއް ދޭނީ ވާދަވެރި ސްޓޭޓްތަކުގެ ވޯޓަރުންނަށް ރަނގަޅަށް ބަލައިގަނެވޭ ކަންކަމަށް ކަމަށް އޭނާގެ ލަފާދޭ ފަރާތްތަކުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: