ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭނު މަސްވެރިކަމުން ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭނުގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ފުޅާކޮށް ލޭނުގައި ޖެހި މަރުވާ މިޔަރު އެކްސްޕޯޓުކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީއިން ނިންމުމާއިއެކު ރައީސް ނަޝީދުވަނީ ސޯޝަލްމީޑިއާގައި އެކަމާއި ދެކޮޅަށް ހިޔާލު ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެގޮތަށް މަސްވެރިކަން ކުރުމުން ގިނަ އަދަދަކަށް މަޑީގެ ބާވަތްތަކާއި ކޯމަސް އަދި ކަނޑުދޫނީގެ ބާވަތްތައްވެސް ލޭނުގައި ޖެހޭކަމަށާއި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންތައް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބްރޭންޑިންގްއަށްވެސް ނޭދެވޭ އަސަރުކުރާނެކަމަށާއި ދެ ސިނާއަތުވެސް މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ދެމެހެއްޓިނިވި ސިޔާސަތުތެއްގެ މަތިން ކުރިއަށް ގެންދިއުމަށްކަމަށް އަލިއެޅުއްވިއެވެ.

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ދިން ހުއްދައާއިއެކު މިިނިސްޓްރީއިންވަނީ ލޭނުގައި ޖެހި މަރުވާ މިޔަރުވެސް ގައުމުން ބޭރަށް އެކްސްޕޯޓުކުރުމަށް ލައިސެންސެއް ދޫކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް ލޭނުގެ މަސްވެރިކަން ކުރާއިރު މިޔަރު ހިފުމަށް އަމާޒުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އަމާޒުކުރަންވާނީ ލޯބޮޑު ކަންނެއްޔާއި ހިބަރާއި ރީނދޫ އުރަހަ ކަންނެއްޔަށް ކަމަށް ބުނެފައިވެއެވެ. އަދި މިޔަރެއް މަރު ނުވެ އޮތްނަމަ ވީހާވެސް އަވަހަށް ދޫކޮށްލުމަށްވެސް އިރުޝާދު ދީފައިވާއިރު، ލޭނުކޮޅުގެ މިޔަވާލީގައި ނަރާއި ވަޔަރު ބޭނުންކުރުން މިނިސްޓްރީންވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: