ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ރިސްކުގައި ތިބި ކުދިންގެ އަދަދު ދަނީ އިތުރުވަމުން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުށުގެ ވެށީގައި އުޅެ، ރިސްކުގައި ތިބި ކުދިންގެ އަދަދު އިތުރުވަމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

8 ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިވަގުތު އަމަލު ކުރަމުން ދާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަންކަން އިސްލާހުކުރުމަށް ތަފާތު ނިޒާމުތައް ބަލައިގަނެ އަމަލުކުރަން ފެށިނަމަވެސް އޭގައި ރަނގަޅުކުރަންޖެހިފައި ހުންނަ ކުދިކުދި ކަންކަން ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައިހިފާ މީހުން އުޅޭކަމަށެވެ.

އެހެންކަމުން އެކަންކަމަށް ސަމާލުވެ، ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރަން މަސައްކަތް ކުރުމުގެ މުހިންމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނެއް ވުޖޫދުވެގެން އައި މީގެ ފަސް އަހަރު ކުރިން ނަމަވެސް މިނިސްޓަރ ވިދާޅުވިގޮތުގައި ތާރީހަށް ބަލާއިރު ކޮންމެވެސް ސިފައެއްގައި މި މަސައްކަތް ކުރާ ޑިޕާޓްމަންޓެއް ނުވަތަ ސެކްޝަނެއް އޮތެވެ. އެހެން ނަމަވެސް މި މައްސަލައައީ ގައުމުގެ ތެރޭގައި ދުވަހުން ދުވަހަށް އިތުރުވަމުންކަން ފާހަގަކުރެއްވި އެވެ.

ކުށުގެ ވެށީގައި އުޅެމުންދާ ކުދިން ދަނީ އިތުރުވަމުން، އަދި ރިސްކުގައިތިބި ކުދިން ދަނީ އިތުރުވަމުން. އެހެންވީމައި އަޅުގަނޑުމެން އެބަ ޖެހޭ ބަލާލަން ބިޒްނަސް އޭޒް ޔޫޝުއަލް ގޮސްގެންނެއް މިކަމެއް ނުވާކަން. މިކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ކުދިން، އެޓް ރިސްކްވެސް، ޑައިވާޓްކުރާ ކުދިންވެސް އަދި މިވަގުތަށް އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ކުށުގެ ވެށީގައި އެންގޭޖްވެފައިތިބި އެހެންނަމަވެސް ހުކުމްނުކުރާ ކުދިންވެސް ގެންގޮސް މިތަނުގައި އެކުދިންނަށް އެދެވޭ އެންމެ ރަނގަޅު އންޓަވެންޝަން ޕްރޮގްރާމްތައް ހިންގުމާއި އެކުދިންނަށް އެންމެ އެދެވޭ ތަޢުލީމީ ފުރުސަތުތައް ދިނުމާއި، އެއިން ކޮންމެ ކުއްޖަކީވެސް ދިރިއުޅުމުގައި އަދި އުންމީދެއް އޮތް ކުއްޖެއްކަން އެކުއްޖާއަށްވެސް ޔަޤީންކަން ދިނުން. އަދިމި މުޖުތަމައުގެތެރެއިންވެސް އެ އުންމީދު ފެނުން. އަދި އެކުދިންގެ ޢާއިލާތަކަށްވެސް އުންމީދު ލިބިގެންދިއުމަކީ އަޅުގަނޑުމެންގެ މި އުންމީދީ ހޯޕް އައިލެންޑް ޕްރޮޖެކްޓްގެ އަސްލު ބޭނުން. \

މިކަން ހައްލު ކުރުމަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރާއްޖޭގައި ތިބި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ބޭނުންވާ ފަރުވާއާއި ރިހެބިލިޓޭޝަން ޕްރޮގްރާމަށް ވަކި މަރުކަޒެއް ގާއިމު ކުރުމުގެ ނިންމުން ތަންފީޒު ކުރާނެ ރަށަކަށް ދ. އަތޮޅު ވާނީ ހަމަޖައްސައި މިނިސްޓަރ ވިދާޅުވީ ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށެވެ.

މީގެއިތުރުން އިހުސާން ވިދާޅުވީ ވިދާޅުވީ މިފަދަ ތަނެއް ގާއިމް ކުރުމުގެ މަގްސަދަކީ ކުދިން ޖަލަކަށް ލައިގެން އަދަބުދިނުން ނޫންކަމަށާއި އޭގެ ބަދަލުގައި ޤާނޫނުގެ ތެރެއިން ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހެނިހެން ޕްރޮގްރާމުތައް ފުރިހަމަކުރާ ޢަޚުލާގު ރަނގަޅު ދަރިންތަކެއް މުޖުތަމަޢަށް ނެރުމަށް އިސްކަންދެއްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: