ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ޝަންގިރިއްލާ ރިސޯޓު ހުޅުވުމަށް 25 މިލިއަން ޑޮލަރު ބޭނުންވޭ: ފައިސަލް

ސަންގިރިއްލާ ރިސޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ސަންގިރިއްލާ ރިސޯޓު މަރާމާތުކޮށް ރިސޯޓު އަލުން ހުޅުވުމަށް 25 މިލިއަން ޑޮލަރު ބޭނުންވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކުރިއަށް ގެންދިޔަ އައްޑޫ ސަމިޓްގައި މިނިސްޓަރ ވިދާޅުވީ، އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކޮވިޑް-19 އާއި ގުޅިގެން ބަންދު ކޮށްފައިވާ ސަންގިރިއްލާ ރިސޯޓު ހުޅުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ރިސޯޓު އަލުން ހުޅުވުމަށްޓަކައި ބޮޑެތި މަރާމާތުތަކެއް ކުރަންޖެހިފައިވާއިރު އެކަމަށް ގިނަ ވަގުތު ނަގާނެ ކަމަށެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ސަންގިރިއްލާ ރިސޯޓު ބަންދު ކުރުމުން އައްޑޫ ސިޓީގެ 500 އެއްހާ މީހުންގެ ވަޒީފާ ގެއްލިވެފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.

އައްޑޫ ބްރޭންޑުކޮށް ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނަށް ނެރެވޭނެ މަގު ތަނަވަސް ކުރަންޖެހޭ ކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އައްޑޫގެ ޓޫރިޒަމް ކުރިއަރުވާ ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލަށާއި ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެއްވައި ކަމަށެވެ.

ސަންގިރިއްލާ ރިސޯޓު ހުޅުވައިފައިވަނީ 2005 ގައެވެ. މި ރިސޯޓަކީ ހޮންގްކޮންގްގެ އެންމެ ބޮޑެތި ހޮޓާ ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިކަމުގައިވާ ޝަންގްރިއްލާއާ ގުޅިގެން ތަރައްޤީކުރެވުނު ރިސޯޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: