ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީގެ ބްރޭންޑިންގް މަސައްކަތްތައް ފަށައިފި!

މިނިސްޓަރު އިބްރާހިމް ފައިސަލް: ފޓޯ/ ޓުއަރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީ ބްރޭންޑުކުރުމުގެ މަސައްކަތްތައް ފައްްޓައިފިއެވެ.

އައްޑޫ ސިޓީގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ސަރުކާރުން ރާވާފައިވާ ޕްލޭން ތަންފީޒުކުރަން ފެށުމުގެ ގޮތުން އައްޑޫގައި ”ޑެސްޓިނޭޝަންއައްޑޫ2024“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި މިނިސްޓަރު ފައިސަލްވަނީ ފަތުރުވެރިކަން އާލާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އެޅުމަށް ނިންމާފައިވާ މުހިންމު ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި ހަފްލާގައި އައްޑޫ ސީޓީ ބްރޭންޑުކުރުމުގެ މަސައްކަތްތައްވެސް ލޯންޗުކުރެވިފައިވާއިރު އެ މަސައްކަތްތަކުގައި އެ ސަރަހައްދުގެ ތާރީހާއި ސަގާފަތުގެ އިތުރުން އިނގިރޭސިންގެ ބެލުމުގެ ދަށުގައި އޮތް ދުވަސްވަރުގެ ކަންކަމަށް ރިއާޔަތްކުރެެވިގެންދާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މިނިސްޓަރު ފައިސަލްވަނީ މި ފުރުސަތުގައި ފަތުރުވެރިކަމުގެ މާކެޓުގައި އައްޑުސިޓީގެ ޖާގަ ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ ގޮތެއްގެ މަތިން ބްރޭންޑު ކުރެވިގެންދިއުން މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓްރީގެ ފޯކަސްއަކަށްވެގެންދާނީ އިނގިރޭސިންގެ ދުވަސްވަރުގެ އާސާރިތަކެއްޗާއި އެފަދަ ސައިޓުތައް ރައްކައުތެރިކުރުންކަމަށާއި އެކަން ކުރާނީ ހެރިޓެޖް މިނިސްޓްރީ އާއި ގުޅިގެން ސަރަހައްދުގެ ތާރީހާއިމެދު ޝައުގުވެރިވާ ފަތުރުވެރިންގެ މާކެޓު ފުޅާކުރުމުގެ މަގުސަދުގައިކަމަށް ހިއްސާކޮށްފައިވެއެވެ.

ހުއްޓުމަކަށް އައިސްފައިވާ ޝަންގްރިލާ ވިލިނގިލި ރިސޯޓާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރިއަށް ގެންދިޔައެެވެ. އަލުން އޮޕަރޭޝަނަލް ހާލަތަށް ގެނައުމަށްޓަކައި އެތައް މިލިއަނެއް ހޭދަކުރަން ޖެހިފައިވާ ރިސޯޓުގެ މައުޟޫއަށް އަލިއަޅުއްވައި ފައިސަލް ވިދާޅުވީ، އެތަން ހުޅުވައި ހިންގުމަށްޓަކައި ބޮޑެތި މަރާމާތުތައް ކުރަންޖެހޭކަމަށެވެ. އެހެންމަަވެސް ހުޅުވުމުން ބޮޑެތި ފައިދާތައްވެސް ލިބިގެންދާނެކަމަށް އިޝާރާތްކުރެއްވިއިރު އެތައް ސަތޭކަ ވަޒީފާގެ ފުރުސަތުތައްވެސް އުފެދިގެންދާނެކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: