ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެ މްޕޮކްސްއާ ގުޅިގެން ރާއްޖެ އަންނަ މީހުންގެ މައުލޫމާތު އެއްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕޮކްސް ބައްޔަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނުކުރުމާއެކު ރާއްޖޭގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސްޓޭކްހޯލްޑަރުންނާ ގުޅިގެން ފަށާފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް އަހްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ކުރިއަށް ދިއަ މައުލޫމާތު ދިނުމުގެ ސެޝަންއަކަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ އެ އެމްޕޮކްސް މިހާރު މަޑުމަޑުން ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާތީ ރާއްޖެއިން ވެސް ދުރާލާ އެފަދަ ކަމަކަށް ތައްޔާރު ވަމުންދާ ކަމަށެވެ. އަޝްރަފް ވިދާޅުވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްގެ ވިސްނުންފުޅަކީ ކޮންމެ ހާލަތަކަށް ވެސް ވީ އެންމެ ބޮޑަށް ގައުމު ތައްޔާރަށް އޮތުން ކަމަށެވެ.

އެގޮތުން މިހާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް، (ޓެގް) ޓީމެއް އުފައްދާ، ކަމާގުޅޭ މައުލޫމާތު އެއްކޮށް، ބައްދަލުވުންތައް ބާއްވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ސްޓޭކްހޯލްޑަރުންގެ ތެރޭގައި ހިމެނޭ އިމިގްރޭޝަނާ، ހޮސްޕިޓަލްތައް އަދި އެޗްޕީއޭއާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާ، މައުލޫމާތު ބަދަލުކުރުމަށް މަސައްކަތް ކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ މީހަކަށް ވެސް ބައްޔާ ގުޅޭ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި މިހާރު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ހަފުތާގައި ކަމާގުޅޭ ހޮޓްލައިނެއް ލޯންޗު ކުރާނެކަން ހާމަކުރައްވާ އަޝްރަފް ވިދާޅުވީ މި ބަލި ރާއްޖެއަށް ފެތުރިގެން ދިއުމުގެ ރިސްކު އެހާ ބޮޑު ނޫން ކަމަށެވެ. ނަމަވެސް މިއަދު ދުނިޔޭގެ ހުރިހާ ގައުމެއް ގުޅިފައިވާއިރު އެފަދަ ހާލަތަށް ތައްޔާރު ވުން މުހިއްމު ކަމަށެވެ.

އެހެންކަމުން މިހާރު، އިމިގްރޭޝަނާ ގުޅިގެން ބޭރުން ރާއްޖެ އަންނަ މީހުންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ނޫން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބައްޔަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގައި ކުރަމުންދާ މަސައްކަތް މިނިސްޓްރީން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަޝްރަފް ވަނީ އެ ބަލި އުޅޭ ހިސާބުތަކަށް ނުވަތަ ގައުމުތަކަށް ދިއުމުގައި ވެސް ރައްކާތެރިވެ ފަރުވާތެރިވުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: