ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ ހޯދައި ގެންގުޅުމުގެ ހައްގު ގާނޫނުން އެންމެނަށް ވެސް ކަށަވަރުކޮށްދޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު:/ ފޮޓޯ - އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މުދާ ހޯދުމާއި، މުދާ ގެންގުޅުމުގެ ހައްގު ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދުގެ ތިން ކުދިން ވެސް ހުޅުމާލޭގައި އަގުބޮޑު އެޕާޓްމަންޓެއް ގެނެފައިވާކަމަށް މީޑިއާއަކުން ރިޕޯޓުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެ ހަބަރުގައި ވާގޮތުން ޝާހިދުގެ އުމުރުން 33 އަހަރުގެ ދަރިކަލުން މޫސާ ޔަމީން ޝާހިދުގެ ނަމުގައި ގަނެފައިވާ ޕެންޓްހައުސްގެ އަގަކީ 10 މިލިއަން ރުފިޔާ އެވެ. ޔަމީން ވަނީ މިދިޔަ ސަރުކާރުގައި ލަންޑަނުގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލަރ ޓުދި އެމްބެސެޑަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އުމުރުން 26 އަހަރުގެ އިސްމާއިލް ޔަޒީން ޝާހިދާއި، ދަރިކަނބަލުން ޔާނިޔާ ޝާހިދު އެޕާޓްމަންޓު ގެނެފައި ވަނީ ހަތަރު މިލިއަން ރުފިޔާއަށްކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މީޑިއާ ރިޕޯޓަށް ރައްދު ދެއްވައި، ޝާހިދު ވިދާޅުވީ އޭނާއާއި އާއިލާގެ އަބުރު ކަތިލުމުގެ ގޮތުން އަނެއްކާވެސް އަސްލެއް ދޮގު ވާހަކަތައް ފަތުރަމުން ދާތީ ކަންބޮޑުވާކަމަށެވެ. ޝާހިދު ވިދާޅުވީ ދަރިކަލުން ޔަމީން ރެއިންކުރެސްޓްގެ އެޕާޓަމަންޓެއް ގަނެފައި ވަނީ ބޭންކުން ލޯނެއް ނަގައިގެން ކަމަށާއި އެ ލޯނު އަނބުރާ ދައްކަމުން ދާކަން ލިޔެކިއުންތަކުން އެނގެން ހުންނާނެ ކަމަށެވެ. އަދި އެ އާޕާޓްމަންޓު ގެނެފައި ވަނީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި ނޫންކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އޭނާއަކީ މާލޭގައި 10 ފްލޯގެ އެޕާޓަމްންޓު ބިލްޑިންއެއް އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރާ މީހެއްކަމަށެވެ.

އަޅުގަނޑު މާލޭގައި 10 ބުރީގެ އެޕާރޓްމެންޓް ބިލްޑިންގް އެއް ޢިމާރާތްކޮށް ކުއްޔަށްދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތަށް ޒަމާނެއްވެއްޖެއެވެ. الله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުގެ ޢާއިލާއަށް ބޭނުންވާކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަންވަނީ މިންވަރު ކުރައްވާފައެވެ. އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަކީވެސް ދިވެހި ރައްޔިތުންނަށްވާތީ އަޅުގަނޑުމެންނަށް ވެސް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤު ޤާނޫނު އަސާސީ ގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދެއެވެ. މިކަމާމެދު ސުވާލުކުރައްވާފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔަމެވެ.

ޝާޙިދު ވިދާޅުވީ އާއިލާގެ މެމްބަރުންނާއި އޭނާއަށް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރެވޭ ވަރުގެ ތަނަވަސްކަން މިންވަރު ކުރައްވާފައިވާކަމަށެވެ. އަދި އޭނާގެ ދަރީންނަކީ ވެސް ދިވެހި ރައްޔިތުންނަށްވެފައި މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ ހައްގު ލިބިފައިވާކަމަށް ވިދާޅުވި އެވެ

މިފަދަ މައްސަލަތައް ލިޔުއްވައި އަބުރަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމުގެ ބަދަލުގައި ޝާހިދު ވަނީ އެ ތުހުމަތުތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: