ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ބައި އިލެކްޝަން ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު!

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ކުރަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ކާށިދޫ ދާއިރާގެ މެމްބަރު މުމްތަޒިމް އިބްރާހިމް ހުށަހަޅުވައި ފާސްކުރި މި  އިސްލާހުގައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ 50 ދުވަހުގެ ބަދަލުގައި އިންތިހާބު ބާއްވާނީ އެ ކައުންސިލެއްގެ ގޮނޑި ހުސްވިކަން އަންގާތާ 183 ދުވަހުގެ ތެރޭގައިކަމަށް ކަނޑައެޅުމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ބާއްވަން ވާނީ، އަހަރަކު ދެފަހަރުކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ގާނޫނަށް ގެނައި ބަދަލާއި އެކު، އިންތިހާބު ބާއްވާއިރު ދެ ބައި އިލެކްޝްންގެ ދެމެދުގައި 183 ދުވަހަށް ވުރެ ދިގު އަދި 120 ދުވަހަށް ވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ އެވެ. އެހެންކަމުން ކައުންސިލް ގޮނޑިއެއް ހުސްވުމާއި އެކު ބަޔާން ކުރާ މުއްދަތުގެ ތެރޭގައި ކެންޑިޑެސީއަށް އިލެކްޝަނުން ހުޅުވާލަން ޖެހޭނެ އެވެ. އެހެން ނަމަވެސް މޭޔަރު ނުވަތަ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވާ ހާލަތެއްގައި، އެ މަގާމަށް 14 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސް އިންތިހާބު ކުރަން ޖެހޭނީ 30 ދުވަހުގެ ތެރޭގަ އެވެ.

ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހަށް މިއަދު އަމަލު ކުރަން ފެށިއިރު، މެމްބަރުންގެ އަދަދު މަދު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ރަސްމީ ޖަލްސާއެއްގައި ރައީސް ވަނީ، އެކަމުގައި އެމަނިކުފާނުގެ ހިޔާލު ހުރި ގޮތް ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ތިންހާހަށް ވުރެ މީހުން މަދު ރަށްތަކުގައި ތިން ކައުންސިލް މެމްބަރުން ތިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅުކަމަށް ގަބޫލު ކުރެވޭކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުންގެ ތެރޭގައި ޒުވާނުން ތަމްސީލު ކުރާނެ މެމްބަރަކާއި، އަންހެނުން ތަމްސީލު ކުރާނެ މެމްބަރެއް ހުރުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ދެން އިންތިހާބު ކުރާނީ ކައުންސިލް ރައީސެވެ.

މިއީ ރަސްމީ ނިންމުމެއް ނޫންކަށްވުމާއި އެކު، ސީދާ ވަކި ގޮތެއް ކަނޑައަޅާނީ ބޭނުންވާ ދިރާސާތަކާއި މަޝްވަރާއަށް ފަހުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: