ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަޝްރޫއުގެ ދަށުން ތިން ބުޓީކް ހޮޓާ އިމާރާތް ކުރުމަށް ހަމަޖައްސައި، އެޗްޑީސީ އާންމު ކުރި ބަޔާނެއްގައި ބުނީ ޕްރޮޖެކްޓު ހަވާލު ކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެކަކަށް ވުރެ ގިނަ މީހުން ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ މަސައްކަތް ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލްއަށް ބެލުމަށް ފަހުކަމަށެވެ.
އީއޯއައި އިވެލުއޭޓު ކުރުމުގައި ބަލާނީ، އެޗްޑީސީ ބުނި ގޮތުގައި ކުންފުނީގެ މާލީ ގާބިލުކަމާއި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލްއާއި އޮޕަރޭޓަރުންގެ އެކްސްޕީރިއަންސް އަދި ސީއެސްއާރު ފަދަ ކަންކަމަށެވެ.
ހުޅުމާލެ ދޭއްގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން އާބަން އައިލެންޑުގައި ބުޓީކް ހޮޓެލް އިމާރާތްކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު 1 ގެ މެންދުރު 2:00 ގެ ކުރިންނެވެ. އަދި އީއޯއައި ހުށަހަޅަން ޖެހޭނީ business@hdc.mv އަށެވެ.

