ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމަށް އީ ޖީޕީ ސިސްޓަމެއް ގާއިމު ކުރަނީ!

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް (އީ-ޖީޕީ) ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ފެށުން/ ފޮޓޯ: ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އިލެކްޓްރޯނިކް ގަވަމެންޓް ޕްރޮކިއުމަންޓް (އީ ޖީޕީ) ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

މި މަސައްކަތް ފެށުމާއި ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބުނު ނަމަވެސް، ފިނޭންސް މިނިސްޓްރީ ކުރި ޕޯސްޓެއްގައި ބުނީ އީ ޕީޖީ ސިސްޓަމް ގާއިމު ކުރުމަށް ބޭނުންވާ ކަންކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިނިސްޓްރީން މަސައްކަތް ފެށި އީ ޖީޕީ ސިސްޓަމަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި، ސަރުކާރުތަކުގެ ޕްރޮކިއުމަންޓް ހިންގުމަށް ބޭނުން ކުރާ ނިޒާމެކެވެ.

ފިނޭންސް މިނިސްޓްރީ ވަނީ މިދިޔަ ހަފްތާގައި އީ ޖީޕީ ސިސްޓަމް ތަންފީޒުކުރުމާއި އިންޓަގްރޭޓްކޮށް މަޝްރޫއުގެ ލަނޑުދަނޑިތައް ހާސިލްކޮށް، ސަރުކާރުގެ ޕްރޮކިއުމަންޓް ޕްރޮސެސްތަކަށް އީޖީޕީ އިމްޕްލިމެންޓޭޝަން ފަންކްޝަނަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ވެސް އިއުލާނުކޮށްފަ އެވެ. އަދި އެ ފުރުސަތު ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއްގެ ބޭނުމަކީ، ދައުލަތުގެ ތަންތަނަށް ތަކެތި ގަތުމާއި، ހިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގައި، ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގައި ހުރިހާ ފަރާތެއްގެ މަސްލަހަތަށް ބަލައި ވަޒަންކޮށްގެން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާދަވެރި މާޙައުލެއްގައި ކަންތައްތައް ތަންފީޒުކުރުމެވެ. އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމެއް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަލަންވާނީ ދައުލަތުގެ ފައިސާ ހޭދަކުރެވެނީ، ވާދަވެރި މާހައުލެއްގެ ތެރެއިން، އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި، އަދި ހާމަކަން ބޮޑު ޒިންމާދާރު ގޮތެއްގެ މަތިންކަން ޔަގީން ކުރުމެވެ.

މީގެއިތުރުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި އިތުބާރާއެކު ތަފާތުކުރުމެއް ނެތި ޕްރޮކިއުމަންޓުގެ ކަންތައްތައް ގެންދެވޭކަމުގެ ޔަގީންކަން ހޯދައިދިނުމާއި އެކު، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުވުން ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: