ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މުޅި ދިވެހިރާއްޖެ ޓެކްނޮލޮޖީ އިން ގުޅިފައިވާ ތަޢުލީމީ ތަނަކަށް ހެދުން: ޑރ. މަރްޔަމް މާރިޔާ

ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުމަށްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ”ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024“ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ގައެވެ.

މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

އެކަމަނާ ވިދާޅުވީ، އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމާއި، ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުޤައްރަރުގައި ހިމަނަންޖެހޭކަމަށެވެ.

”އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުން“

ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ޤަވާޢިދުތަށް އުފައްދައި، އެ ޤަވާޢިދުތަށް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުޙިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ޤައުމަކަށް ވީއިރު، މިފަދަ ޤައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތަށް ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަށެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ”ސްމާޓް އެޑިޔުކޭޝަން“ ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގެ ފުރުޞަތުތަށް ހޯދަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮއްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުރާލައިރާވައިގެން މަސައްކަތްތަށް ކުރިއަށް ގެންދިޔުމާއި، މަތީ ތަޢުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތަޢުލީމު ފޯރުކޮއްދިނުމަކީ ދިވެހިރާއްޖެއަށް ބޭނުންވެފައިވާކަމެއްކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޗައިނާގެ ”ބެއިޖިން ނޯމަލް ޔުނިވާސިޓީ“ގެ ދަޢުވަތަކަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ފުރާވަޑައިނެވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ޤައުމުތަކުގެ މަޤްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ އެފަދަ ޔުނިވާސިޓީތަކާއި ގުޅިގެން ދިވެހިދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން އަންނަނީ އެކި އެކި ޤައުމުތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: