ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލްކަތާގެ ރޭޕްކޭސް: އިންޑިއާގެ ސްޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަން ފަށައިފި

2024 އޯގަސްޓް 18 ވަނަ ދުވަހު ކޮލްކަތާގެ އާރް.ޖީ. ކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ތަމްރީނުވަމުންދިޔަ ޑޮކްޓަރަކު ރޭޕްކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ދެ މައި ކްލަބް ކަމުގައިވާ މޮހުން ބަގާން އެސް.ޖީ އާއި އީސްޓް ބެންގާލް އެފް.ސީގެ ފުޓްބޯޅަ ފޭންސުން ސޯލްޓް ލޭކް ސްޓޭޑިއަމް ކައިރީގައި އިހްތިޖާޖުކުރަމުން ދަނީއެވެ. (ސަމީރު ޖަނާ / ހިންދުސްތާން ޓައިމްސް)
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮލްކަތާގެ އާރ.ޖީ. ކާރ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުން އަމިއްލަ އިސްނެގުމަށް ބަލަން ފަށައިފިއެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ޑީ.ވައި. ޗަންދްރަޗުޑް އަދި ފަނޑިޔާރުން ޖޭ.ބީ. ޕާރދިވާލާ އަދި މަނޯޖް މިޝްރާ ހިމެނޭ ބެންޗަކުން މި މައްސަލަ އޯގަސްޓް 20 ގައި އަޑުއެހުމަށް ބާއްވަން ވަނީ ހަމަޖެހިފައިވެއެވެ.

އޯގަސްޓް 9 ވަނަ ދުވަހު އާރް.ޖީ. ކާރު ހޮސްޕިޓަލުގެ ސެމިނާ ރޫމުން ޕޯސްޓް-ގްރެޖުއޭޓް ޓްރެއިނީ ޑޮކްޓަރެއްގެ ހަށިގަނޑު ފެނުނެވެ. މިކަމާ ގުޅިގެން ޖެހިގެން އައި ދުވަހު ކޮލްކަތާ ފުލުހުން ސިވިކް ވޮލަންޓިއަރެއް ކަމުގައިވާ ސަންޖޯއި ރޯއި ހައްޔަރުކުރިއެވެ.

ކޮލްކަތާ ފުލުހުންގެ ތަޙުޤީޤާމެދު ހިތްހަމަނުޖެހުން ފާޅުކުރުމަށްފަހު، ކަލްކަޓާ ހައިކޯޓުން ސީ.ބީ.އައި އަށް މި މައްސަލައިގެ ތަޙުޤީޤު ހަވާލުކުރުމަށް އަމުރުކުރިއެވެ.

ޑޮކްޓަރު ރޭޕްކޮށް އަދި މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ ފަރާތްތަކެއް ހައްޔަރުކުރެވެންދެން އެކުގައި ތިބުމަށް މަރާލެވުނު ކަމަށް ތުހުމަތު ކުރެވޭ ޑޮކްޓަރުގެ އާއިލާއިން ވަނީ ގޮވާލައިފައެވެ.  

”ތިޔަބޭފުޅުން މެދުވެރިކޮށް، މުޅި ޤައުމުގެ ރައްޔިތުންނަށް މެސެޖެއް ފޯރުކޮށްދޭން އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެންގެ ޤައުމުގެ އެންމެހައި ރައްޔިތުންނަށާއި، ދުނިޔޭގެ އެންމެހައި މީހުންނަށާއި އަދި ދައުލަތަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އަދި ކުށްވެރިޔާ ހައްޔަރުކުރެވެންދެން އަޅުގަނޑުމެންނާއެކު ތިބެދެއްވުމަށް އެދެން. އަޅުގަނޑުމެންގެ އެންމެ ބޮޑު އެދުމަކީ މިފަދަ ކަމެއް އެއްވެސް މަންމައަކަށް ދިމާނުވުން. އަޅުގަނޑުމެންނެކޭ އެއްގޮތަށް އެއްވެސް މީހަކު އެމީހެއްގެ ދަރިފުޅު ގެއްލިގެން ނުދިއުން،“  ތަމްރީނު ލިބެމުންދިޔަ ޑޮކްޓަރުންގެ މަންމަ ބުންޏެވެ.“

ނިޔާވި ޑޮކްޓަރުގެ މަންމަ ވެސްޓް ބެންގާލްގެ ވެރިކަމުގެ އިސްވެރިޔާ މަމަތާ ބެނަރޖީއަށް ވެސް ވަނީ ފާޑުކިޔާފައެވެ. އާރު.ޖީ. ކާރު މެޑިކަލް ކޮލެޖް އަދި ހޮސްޕިޓަލްގެ މައްސަލަ ރަނގަޅަށް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމަށް ބުނެއެވެ. އަދި އާދީއްތަ ދުވަހު އޭނާ ތުހުމަތު ކުރީ ޓްރައިނަމޫލް ކޮންގްރެސްގެ އެންމެ އިސްވެރިޔާ މި މައްސަލައިގައި ކުރެވޭ އިހުތިޖާޖުތައް ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

”އޭނާ (މަމަތާ ބެނަރޖީ) ވިދާޅުވީ ކުށްވެރިން ވީހާވެސް އަވަހަކަށް ހައްޔަރުކުރެވޭނެ ކަމަށް، އެކަމަކު މިހާތަނަށް ހައްޔަރުކުރެވިފައި ވަނީ އެންމެ މީހެއް. އަހަރެންނަށް ޔަގީން ހޮސްޕިޓަލުގައި އިތުރު މީހުން މިކަމުގައި ބައިވެރިވެފައި ތިބިކަން. އަހަރެން ހިތުން މުޒާހަރާތައް ހުއްޓުވުމަށް ޗީފް މިނިސްޓަރ މަސައްކަތް ކުރައްވަނީ. އެހެންވެ މިއަދު ފުލުހުން މުޒާހަރާކުރަން އެއްވުން މަނާކުރާ އަމުރެއް ނެރުނީ،“ ރޭޕްކޮށް މަރާލި އަންހެން ޑޮކްޓަރުގެ މަންމަ ބުންޏެނެވެ.

މައިންބަފައިން އެންޑީޓީވީއަށް ބުނެފައިވަނީ ކޮލްކަތާ ފުލުހުން މި މައްސަލަ ބެލި ގޮތް ފެނުމަށްފަހު އެމީހުންގެ ޗީފް މިނިސްޓަރ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން މަސައްކަތެއް ކުރަމުންދާކަމަށް އޭނާގެ ބައްޕަ އެ ނިއުސް ޗެނަލަށް ބުނެފައިވެއެވެ. އަދި އޭނާގެ ދަރިފުޅުގެ ޑައިރީގެ ސަފްހާއެއް ސީބީއައި އާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: