ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުންނަށް ގޯތި ދޭންޖެހޭ: އައިފާން

އާބަން ޑިވެލޮޕްމެންޓްގެ ބިލުގެ ބަހުސް ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭތާ މިހާރު 40 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދޭން ޖެހޭކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި އާބަން ޑިވެލޮޕްމަންޓުގެ ބިލަށް ބަހުސް ކުރައްވަމުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި މެންބަރުންނަށް ރައްދު ދެއްވަމުން މެމްބަރު އައިފާނު ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދީފައި ހުރީ ކަނޑު ފަޅުން ކަމަށް ވުމުން އެ ފަޅުތައް ހިއްކުމަށްފަހު މި ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށެވެ. އަދި ޕީއެންސީގެ ހުރިހާ މެންބަރުންވެސް އެކަމަށް އެއްބަސްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

”ޕީއެންސީ ހުރިހާ މެންބަރުން ގަބޫލުކުރޭ މާލޭގެ ރައްޔިތުންނަށް ގޯތި ލިބެންޖެހޭ ކަމަށް، އެކަމަކު ގޯސްތައް ހަދާފަހުރިއްޔާ އެވާހަކަ ދައްކާނެ. އޭގެ މާނައަކީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ނުޖެހޭ ވާހަކައެއް ނޫން.“ އައިފާން ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ކުރީ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައިރު މުޅި ދައުލަތް ދަވާލައިފައި ދެވުުނު އެއް ސަބަބަކީ ފިސްކަލް ޤާނޫނެއް ނެތުން ކަމަށެވެ. އަދި އާބަން ޑިވެލޮޕްމަންޓުގެ ބިލެއް ނެތުމުގެ ސަބަބުން މަޝްރޫއުތައް ހިތުހުރި ގޮތަކަށް ހިންގާ ގައުމަށް އެތައް ގެއްލުމެއް ލިބިގެން ދިޔަކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ، މި ސަރުކާރުން ދައްކަމުންދަނީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދާނެ ގޮތުގެ ވާހަކަ ކަމަށާއި އެހެންކަމުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލަކީ ރާއްޖޭގެ ތަރައްޤީ އާއި މުސްތަޤުބަލަށް މުހިންމު ބިލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: