ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިކީ ކޯޝަލްގެ ”ޗާވާ“ ގެ ޓީޒާ ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ވިކީ ކޯޝަލް އަދި ރަޝްމިކާ މަންދަނާ ލީޑް ރޯލުން ފެނިގެންދާ ”ޗާވާ“ ގެ ޓީޒާ ދައްކާލައިފިއެވެ.

އޮގަސްޓް 19 ގައި ”ޗާވާ“ ގެ ޕްރޮޑިއުސަރުން ވަނީ ފިލްމުގެ އޮފިޝަލް ޓީޒާ ދޫކޮށްލައިފަ އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ޗަތުރަޕަތީ ސަމްބާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. 1.12 މިނެޓުގެ މި ޓީޒާގައި ވިކީ ކޯޝަލް ފެނިގެންދަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ވަރުގަދަ ހަނގުރާމައިގެ މަންޒަރުތަކަކާއެކު އެވެ. ވާސަޓައިލް އެކްޓަރު އަނެއްކާވެސް ސްކްރީނުގައި ރަސްކަންކޮށް، ފޭނުންނަށް ވިޝުއަލް ފީސްޓެއް ދޭނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ވިކީ ކޯޝަލްގެ ކުރިއަށް އޮތް ފިލްމު ”ޗާވާ“ އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. މި ފިލްމުގައި ރަޝްމިކާ މަންދަންނާ ފެނިގެންދާނީ ޗަތުރަޕަތީ ސަމްބާޖީ މަހާރާޖްގެ އަންހެނުން ޔޭސުބާއީ ބޮންސަލޭގެ ރޯލުންނެވެ. މި ފިލްމަކީ ވިކީއާ އެކު ”ޒާރާ ބަޗްކޭ ޒާރާ ހަޓްކޭ“ ގައި މަސައްކަތްކޮށްފައިވާ ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމަކީ ވިކީ އާއި ރަޝްމިކާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ސަޕޯޓިން ރޯލްތަކުން އަކްޝޭ ކަންނާ، އަޝުތޯޝް ރާނާ އަދި ދިވްޔާ ދައްތާ ފެނިގެންދާނެ އެވެ. ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ބޮޑު ސްކްރީނަށް އަންނާނެ ކަމަށް ބެލެވޭ މި ފިލްމަކީ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: