ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ދުވަސްވެ ބާވެފައި ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައީސްގެ އިރުޝާދުގެ ދަށުން: އާދަމް ޝަރީފް

މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ސަލާމާތަށް ނުރައްކާވާ ގޮތަށް، ބާވެ ގިނަ ދުވަސްވެފައި ހުރި ބޭނުން ނުކުރާ އިމާރާތްތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރ އާދަމް ޝަރީފް ިދަޅުވެއްޖެ އެވެ.

މީހުން ދިރިނޫޅެވޭ ވަރަށް ބާވެ، ވެއްޓެން ކައިރިވެފައި ހުރި އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށީ މި ގެތައް މަސްތުވާތަކެތި ބޭނުން ކުރާ އައްޑާއަކަށްވެފައި ވަނިކޮށެވެ. އާންމުންގެ ސަލާމަތަށް ބަލައި، ބައެއް ގެތައް ސާފު ކުރުން ކުރިޔަށް ގެންދަނީ އެގެތަކުގެ ވެރިފަތާތުގެ ހުއްދަ ލިބިގެންނެވެ.

މިހާރު މިނިސްޓްރީގެ މަސައަކަތް ކުރިޔަށް ދާ އެއް އިމާރާތަކީ މ. ރަބީއުވިލާ އެވެ. ހަ ފަންގިފިލާއަށް އުވައިން ހަދާފައިވާ އެގޭގައި މީހުން ދިރިނޫޅޭތާ އެތައް ޒަމާނެއްވެފައިވާ އިރު، އެ ގެ ތަޅާލުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ލިބިދާނެކަމަށް ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާތީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ކުރަން ގޭގެ ވެރިފަރާތުން ބޭނުންވި ނަމަވެސް، އެކަން ކުރެވިފައި ނުވަނީ އެކަމުގެ މާލީ ގާބިލުކަން ވެރިފަރާތުގެ ނެތުމުންނެވެ. އަދި އެކަމުގައި އެހީތެރިކަމަށް އެދިފައި ވާތީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ނިންމެވީ އެ ގެ ހުރި ހާލަތަށް ރިޔާއަތް ކުރުމަށް ފަހު، އެ މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައިކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގައި މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ މާލޭގައި މި ގޮތަށް ފަޅަށް ދޫކޮށްލައިފައި ހުރި ބާ އިމާރާތްތައް އަވަހަށް ތަޅާލުމަށްޓަކައި އެ ކައުންސިލަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

ބާވެގެން ވެއްޓެން ކައިރިވެފައިވާ ކަމަށް ބެލެވޭ 11 އިމާރާތެއް 2019 ވަނަ އަހަރު ޕްލޭނިންގް މިނިސްޓްރީއިން އާންމުކުރިއިރު، އެ ލިސްޓުގައިވެސް މ. ރަބީއުވިލާ ހިމެނެއެވެ. މިއަދާއި ހަމައަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ގެއަކީ އިޖްތިމާއީ އެތައް މައްސަލައެއް ފެންމަތިވެފައިވާ ފަޅު ގެއެކެވެ. އަދި އަލިފާނުގެ ހާދިސާތައްފަދަ ނުރައްކާތެރި ހާދިސާތައްވެސް ހިނގާފައިވާ ގެއެކެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މާލޭގައި ހިންގާ 50 ޑްރަގް އައްޑާއެއް ފާހަގަކުރެވިފާއިރު އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މީހާރު ބޭނުން ނުކުރާ އިމާރާތްތައް ހިމެނޭ ކަމަށެވެ.

މި އިމާރާތްތަކުގެ ވީޑީއޯތައް ނަގައި، ފުލުހުން ވަނީ ގެތަކުގެ ހާލަތުގެ އެސެސްމަންޓު ރިޕޯޓެއް ހަދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: