ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅާ މަހުން ކާބޯތަކެތި ތައްޔާރު ކުރާކަމަށް ބުނާ ބިދޭސީއެއް ހޯދަނީ

ބުޅާ މަރައިގެން އޭގެ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ.-- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީއެއްގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބިދޭސީ މީހާގެ ވީޑިއޯއެއް ދައުރުވަމުންދާއިރު، އެ ޕޯސްޓުގައި ވަނީ އޭނާއަކީ ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މީހެއްކަމަށެވެ. އަދި އެ ޕޯސްޓުގައި ވަނީ ބިދޭސީ މީހާ ދިރިއުޅޭ ސަރަހައްދުން މަރުވެފައިވާ ބުޅާތައް ފެންނަކަމަށެވެ.

އެ ސަރަހައްދުން ބުޅާތަކުގެ ރޯއަޑު އިވިފައިވާކަމަށާއި، އަދި ބައެއް ދުވަސްތަކުގައި ބުޅަކުގެ ބައިތަކެއް ވެސް ފެންނަކަމަށް ވެއެވެ. އޭނާ ދިރިއުޅޭ ގޭގައި ކާބޯތަކެތި ތައްޔާރު ކުރާކަމަށް ތުހުމަތުކޮށް، އެ ޕޯސްޓުގައި ވަނީ އެ އިމާރާތުގައި ދުން ބޭރު ކުރުމަށް ހޮޅިއެއް ވެސް ހަރުކޮށްފައިވާކަމަށެވެ.

އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ބާގާއާއި ސަބްމެރިންކަމަށް ގިނަ މީހުން ބުނެ އެވެ. މީގެ ކުރިން އޭނާ އެތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެން ނަމަވެސް ފަހުން ކާބޯތަކެތި ވިއްކަނީ އެއްވެސް ލޯގޯއެއް ނުޖަހައިކަމަށް ވެއެވެ.

މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވެ، ބައެއް މީހުން ވަނީ ބިދޭސީ މީހާ އާންމުކޮށް އެކި ބުޅާތަކާއި އެކު ފެންނަކަމަށް ބުނެފަ އެވެ.

އިމިގްރޭޝަނަށް މިފަދަ މައްސަލައެއް ލިބިފައިވޭތޯ ސުވާލު ކުރުމުން، އެ އިދާރާއިން ބުނެފައި ވަނީ އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓެއްގެ މައްސަލައިގައި ބިދޭސީ މީހަކު ހޯދަން އިއުލާނުކޮށްފައިވާނެކަމަށެވެ. އޭނާއަށް ފަސް ދުވަހުގެ ނޯޓިސްއެއް ދީ، އިމިގްރޭޝަނަށް ހާޒިރުވާން އެންގިއިރު މި މައްސަލައިގައި ފުލުހުންގެ ތަހުގީގެއް ކުރޭތޯ އަދި ސާފެއް ނޫނެވެ.\

އަރަފާތް ހުސެއިން ނަމަކަށް ކިޔާ އެ މީހާއަކީ، 32 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

މީގެ ދުވަސްތަކެއް ކުރިން، މާލޭގެ މޭރީ ބްރައުން ކުރިމަތީ ޕާކިން ޒޯންގައި ބިދޭސީއަކު ބުޅަލެއް ކޮތަޅަކަށް އަޅަން މަސައްކަތް ކުރާ ވީޑިއޯއެއް ދައުރުވި އެވެ. އަދި ބައެއް މީހުން ތުހުމަތު ކުރާ

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: