ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ފުރުސަތު ހޯދައިދީ، ލީޑަރުން އުފައްދަން ޖެހޭ“

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ފަހި ފުރުސަތުތައް ހޯދައިދީ، ލީޑަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) ގެ ސީއީއޯ އާމިނަތު ސޫޒަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ޓޫރިޒަމް އިންޑަސްޓްރީގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ކޮންފަރެންސެއް ބާއްވާފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ޕެނަލްއަކާއެކު ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގެ މަގްސަދަކީ މި ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ މިހާރަށް ވުރެ އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމެވެ.

ސޫޒަން ވިދާޅުވީ އަމާޒަކީ މިއީ ކޮންފަރެންސަކަށް ވުރެ ބޮޑަށް، މޫވްމަންޓެއްގެ ގޮތުގައި ބަލައި ކުރިޔަށް ދިއުން ކަމަށެވެ. އަދި ބޭނުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިޔަށް ދިއުމަށާއި ފުރުސަތުތައް ލިބިގަތުމުގައި އަންހެނުނަށް ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލު ހޯދައިދިނުންކަން ފާހަގަކުރެއްވި އެވެ.

ބަދަލަކަށް މަސައްކަތް ކުރުމުގައި މުހިންމީ، ސޫޒަން ވިދާޅުވި ގޮތުގައި އެންމެން އެކުގައި ނަތީޖާ ނެރެން އަމާޒު ހިފުމެވެ. އަންހެން ލީޑަރުން އުފައްދައި، ފުރުސަތުތައް ހޯދައިދެވޭނީ އޭރުންކަމަށް ސޫޒަން ވިދާޅުވި އެވެ.

ސޫޒަން ވަނީ އަންހެނުންގެ ހައްގުގައި އާއި، ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކޮންފަރެންސް ޝަރަފުވެރިކޮށް ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ދިވެހި މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ފަސްޓްލޭޑީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވައި އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: