ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްއިން މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް 2024 ސްޕޮންސާކޮށްފި

ކޮންފަރެންސް - ވިމެންސް އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރި ކުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް 2024 – ވިމެން އެޑިޝަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ސްޕޮންސާކޮށްފި އެވެ.

ހޮޓެލް ޖެންގައި ކުރިޔަށް ދިޔަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވެލް ކޮންފަރެންސް ޝަރުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމުގެ ގޮތުން ހަގީގީ ބަދަލެއް ގެނައުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުން މުހިންމުކަމަށެވެ. އަދި މިކަން ހާސިލު ކުރުމަށްޓަކައި އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުން ކޮންމެހެން ވެސް މުހިންމުކަން ފާހަގަކުރި އެވެ.

ސާޖިދާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ.

އެމްއޭސީއެލް ބުނީ ކޮންފަރެންސް ސްޕޮންސާރ ކުރި މައިގަނޑު މަގްސަދަކީ އެމްއޭސީއެލްއަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މުހިންމު އެއް ބައިވެރިއާކަމަށްވުމުން ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އެއްބާރުލުން ދިނުން ކަމަށެވެ. އަދި އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި އަންހެނުން ބާރުވެރި ކުރުވުމަށް ހިތްވަރު ދިނުންކަން ފާހަގަކުރި އެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލް އޭރޯޑްރޯމް މެނޭޖްމަންޓް ސާވިސަސްގެ ސީނިއަރ ޖެނެރަލް މެނޭޖަރ މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖީނިއަރިންގެ ދާއިރާގައި އެއާފިލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ލީޑާޝިޕްގެ މަގާމުތަކުގައި އަންހެނުން މަދުކަމަށެވެ. އަދި ވިދާޅުވީ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުން ނުހަނު މުހިންމު ކަމަށެވެ.

މީގެއިތުރުން ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑާޝިޕްގެ މަގާމުތަކަށް އަންހެނުން އައްޔަނު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށެވެ. އަދި މީގެ ތެރޭގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުން އަދި ޖިންސުގެ ތަފާތުކަމަށްވުރެ ގާބިލުކަމަށް އިސްކަން ދީ ޖިންސުގެ ފަރަގު ނައްތާލުމަށް އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކުރަމުންދާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: