ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރޭމް ކުރަން ސްކޭމް އެކައުންޓަކުން ފައިސާ ޖަމާކޮށްފާނެ، ގާނޫނު ތަފްސީލު ވާން ޖެހޭ: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނު ލިބިދޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އޮތީ ކަމާއި ގުޅުމެއް ނެތް ބައެއްގެ ވިޔަފާރިއެއް ހުއްޓި ގަސްތުގައި ބަޔަކު ފްރޭމް ކުރެވޭ ގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުގައި ފައިސާ ދައުރު ކުރުން ހުއްޓުވުމަށް ބޭންކު އެކައުންޓުތައް ކޯޓު އަމުރަކާއި ނުލައި ހިފެހެއްޓުމުގެ ބާރު ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށް، މުހައްމަދު އިބްރާހިމްގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ މަގްސަދެއްކަމަށް ވަނީ ސްކޭމްގެ މައްސަލައެއް ރިޕޯޓު ކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބް ސިކުއެންޓް އެކައުންޓުތަކުގައި ފައިސާ ހޯލްޑު ކުރެވޭނެ ގޮތެއް ނުވަތަ ނިޒާމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ހޯދައިދިނުމެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު މިހާރު އެކުލެވިފައިވާ ގޮތަށް ބަލާއިރު ކުށް ކުރާކަމަށް ތުހުމަތު ކުރެވިގެން އެކަމުގައި ބައިވެރިވާ ފަރާތްތަކުގެ އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދުމުގެ ފުރުސަތު އޮތް ނަމަވެސް ކުށް ކުރުމަށް ބޭނުން ކުރާ ތިންވަނަ ފަރާތްތަކުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގެ ބާރެއް ނޯވެ އެވެ.

މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ސްކޭމްކޮށްގެން އެކައުންޓަކުން ފައިސާ ނަގާކަން ފާޙަގަކުރެވޭ ނަމަ އެ އެކައުންޓަކުން ދެވަނަ އެކައުންޓަށް ފައިސާ ޖަމާ ކުރުމުން އެކައުންޓުތައް ވަކި މުއްދަތަކަށް ފްރީޒް ކުރުމަށް އެދެވިދާނެ ކަމަށެވެ.

އިސްލާހުގައި ވަނީ އެކައުންޓު ހުއްޓުވުމުގެ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއް ކަމަށެވެ.

ބިލުގެ ބަހުސްގައި ރިފާއު ވިދާޅުވީ، މިއީ ގާނޫނީ ގޮތުން ބޭނުންވާ ހައްލެއް ނަމަވެސް އިތުރު މާއްދާތަކެއް ހިމަނައި އިސްލާހު ތަފްސީލު ކުރަން ޖެހޭކަމަށެވެ. އެގޮތުން އިސްލާހުގެ ބައެއް މާއްދާތައް ހުރި ގޮތުން، ވަކި ބަޔަކަށް ޓާގެޓުކޮށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު އެބައޮތްކަމަށް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ އެކައުންޓުގައި ހުރި ފައިސާ ވަގަށް ނަގައި ބޭނުން ކުރާ މައްސަލަ ބޮޑުވެ، ކުށް ކުރުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ސްކޭމްގެ މައްސަލަތަކުގައި މިލިއަނުން ފައިސާ ނަގާއިރު، އެންމެ ފަހުން ވެސް އަޑުއިވުނީ ހަމަ އެފަދަ މައްސަލައެއްގައި ބޮޑު ޖުރިމަނާއެއްކޮށް ނިންމާލި ހަބަރުކަމަށް ރިފާއު ވިދާޅުވި އެވެ.

މި އިސްލާހު ހުށަހެޅިފައި ހުރި ގޮތުން، މީގައި އެކައުންޓު… ހޯލްޑު ކުރެވުން ނުވަތަ އެކައުންޓު ފްރީޒް ކުރެވިއްޖެކަމަށް ވެއްޖެއްޔާމު ކަމާއި ނުބެހޭ މީހަކަށް ވެސް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު އެބައޮތް… ބައްލަވާ އަޅުގަނޑު ވަގަށް ނެގި ލާރިއެއް، މިދަނީ ފިހާރައަކަށް އެއްޗެއް ގަންނަން ޓްރާންސްފާކޮށްލަން އެ ފިހާރައިގައި އެކައުންޓު ފްރީޒްކޮށްފިއްޔާ އެ ފިހާރައިގެ ވިޔަރި އެއްކޮށް ހުއްޓުނީ..

ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ޓްރާންސްފާކޮށް، ބޭންކް ޓްރާންސެކްޝަންތައް ހަދާއިރު ނަގުދު ފައިސާގެ މުއާމަލާތް ކުރަނީ މަދު ފަހަރަކުކަމަށް ރިފާއު ވިދާޅުވި އެވެ. އެހެންކަމުން ކުޑޫގެ އިސްލާހަށް ތާއީދު ކުރި ނަމަވެސް، އިތުރު ބަދަލުތަކެއް ބޭނުންވާކަމަށް ގަބޫލު ކުރެވޭކަމަށް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ދާން ޖެހެނީ، ޓްރާންސްފާ ކުރި އަދަދު ބްލޮކް ކުރެވޭނެ ނިޒާމަކަށް ކަމަށެވެ. އަދި މުޅި އެކައުންޓު ބްލޮކް ކުރުމުން ބައެއްގެ ވިޔަފާރިއެއް އެއްކޮށް ހުއްޓުމުގެ ފުރުސަތު އެބައޮތްކަމަށް ރިފާއު ވިދާޅުވި އެވެ.

އިސްލާހު އޮތީ ގަސްތުގައި މީހަކަށް ލަނޑެއް ދިނުމުގައި ކުރާ ޓްރާންސްފާއަކުން ވެސް، ގެއްލުން ލިބޭ ގޮތަކަށްކަމަށްވުމާއި އެކު އެކަމަށް ރިފާއު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: