ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުޅާ މަހުން ކާބޯތަކެތި ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ހައްޔަރުކޮށްފި

ބުޅާ މަރައިގެން އޭގެ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ.-- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބުޅާ މަރައި، އޭގެ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއްވެސް ސާފުތާހިރުކަމެއް ނެތް ގޮތަށް ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ އިމިގްރޭޝަން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެފަދަ ތަކެތި ތައްޔާރު ކުރާ ބައެއް ތަންތަނުގެ ފޮޓޯއާއި ވީޑިއޯ އިމިގްރޭޝަނުން އާންމު ކުރިއިރު އެއީ ވަރަށް މުޑުދާރުކޮށް ނަޖިސްކޮށް ހުރި ތަންތަނެވެ. މި މައްސަލަތަކުގެ ތެރެއިން، ރޭ ކުއްލިއަކަށް ފެންމަތިވީ މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

އަރަފާތް ހުސެއިން ނަމަކަށް ކިޔާ އެ މީހާއަކީ، 32 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ.

ބިދޭސީ މީހާ ކޮތަޅަކަށް ބުޅަލެއް އަޅައި ގެންދަން ވެގެން ޕާކިން ޒޯނެއްގައި މަޑުކޮށްގެން ހުއްޓައި ބަޔަކު ގޮސް ސުވާލު ކުރާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެތަނުގައި ކުރަނީ ކީއްތޯ އާއި، އަތުގައި އޮތް ކޮތަޅުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ބުޅަލެއް ގެންދަންކަމަށް ބުނެ އެވެ. އަދި އެއީ ކީއްކުރަން ތޯ އަނެއްކާވެސް ސުވާލު ކުރުމުން، ޖަވާބުގައި ބިދޭސީ މީހާ ބުނަނީ އެއީ ގެއަށް ގެންދަން ކަމަށެވެ.

އެ ވީޑީއޯގައި ބުނާ ގޮތުން ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ބުޅާތައް ގެންދާތަން އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކަށް ފެނިފައި އެބަހުއްޓެވެ. އަދި އެ ސަރަހައްދުން ބުޅާ ރޯއަޑު އިވިފައިވާކަމަށާއި، އަދި ބައެއް ދުވަސްތަކުގައި ބުޅަލުގެ ބައިތަކެއް ވެސް ފެންނަކަމަށް ވެއެވެ.

އޭނާ ދިރިއުޅޭ ގޭގައި ކާބޯތަކެތި ތައްޔާރު ކުރާކަމަށް ތުހުމަތުކޮށް، އެ ޕޯސްޓުގައި ވަނީ އެ އިމާރާތުގައި ދުން ބޭރު ކުރުމަށް ހޮޅިއެއް ވެސް ހަރުކޮށްފައިވާކަމަށެވެ.

އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ބާގާއާއި ސަބްމެރިން އަދި ޕިއްޒާކަމަށް ގިނަ މީހުން ބުނެ އެވެ. މީގެ ކުރިން އޭނާ އެތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެން ނަމަވެސް ފަހުން ކާބޯތަކެތި ވިއްކަނީ އެއްވެސް ލޯގޯއެއް ތުހުމަތު ކުރެވެ އެވެ.

މައްސަލަ ސޯޝަލް މީޑިއާގައި އާންމުވެ، އިމިގްރޭޝަނަށް އެކަމުގެ ރިޕޯޓު ލިބި އެ އިދާރާގެ އޮފިސަރުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އޭނާ ވަނީ ފިލާފަ އެވެ. އަދި އިމިގްރޭޝަން އައުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ބައެއް ތަކެތި ގެއިން ގެންދިޔަކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އިމިގްރޭޝަން ވަނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ބަޔަކު އެކަން ރިޕޯޓު ކުރުމަށް ވެސް އެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: