ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެކަމަށް ބުނިއިރު، ކައިރި ގައުމުތަކުންވެސް އާސަންދަ ނުލިބެ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެކަމަށް ބުނިއިރު، ކައިރި ގައުމުތަކުންވެސް މިހާރު އާސަންދަ ނުލިބޭކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އިޖްތިމާއީ ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ މިކަމާއި ގުޅިގެން ކޮމިޓީއިން ކުރި މަސައްކަތް ރަނގަޅުކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތު ސާފުނުވާކަމަށާއި، މި މަސައްކަތުގެ ތެރެއިން ކޮމިޓީއިން އިތުރަށް ހާލަތު ބަޔާންކޮށްދީ، ވަރަށް ފުރިހަމައަށް މި ރިޕޯޓު މަޖިލީހަށް ހުށައަޅުއްވާނެކަމަށް އުއްމީދު ކުރެވުނުކަމަށް ނާޒިލް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ހިދުމަތްދޭ ތަން ކަމަށްވާ އައިޖީއެމްއެޗްގެ ހާލަތު ސާފު ނޫންކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، ހިދުމަތް ދިނުމަށްޓަކައި ތަނަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށް ނުދޭތާ މިހާރު 10 މަސް ދުވަހަށްވުރެ ގިނަވެފައިވާކަމަށެވެ.

މިއީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުރި ކަންތައްތަކެއް އިއްޒަތްތެރި ރައީސް، އައިޖީއެމްއެޗްގެ ވާހަކަ އަޅުގަނޑު މި ދެއްކީ އެއީ މުޅި ރާއްޖެއަށް ބަލާއިރުވެސް، އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް އަންނަ ތަން ކަމުގައިވީތީ އެ ވާހަކަ މި ދައްކަނީ އިއްޒަތްތެރި ރައީސް.

ރާއްޖޭގެ އެހެން ރަށްތައް އައިޖީއެމްއެޗްއަށްވުރެ ހާލަތު ދަށްކަމަށާއި، ފާމަސީތަކުން ބޭސް ނުލިބޭ ވާހަކަތައް ދެންނެވީމަ ހެލްތް މިނިސްޓަރުގެ ޖަވާބަކީ އެއީ އަމިއްލަ ފަރާތްތަކުން ހިންގާ ތަންތަނަށްވުމުންކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ އަމިއްލަ ފަރާތްތަކަށް އެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވެނީ، އާސަންދައިގެ ދަށުން އެ ތަންތަނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީކަމަށެވެ.

މިއީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަމަށާއި، މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމުގެ ނަމުގައިކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ ނަމަވެސް އެންމެ އަސާސީ ހިދުމަތްވެސް ނުދެވޭކަމަށެވެ. ވަކި ރަށެއްގައި ހުރި ވަކި މީހެއްގެ ސަބަބުން ކަންކަން ހަމަޖެހިގެންދާކަމުގެ ފާޑުކިޔުން ނާޒިލް އަމާޒު ކުރެއްވިއެވެ.

މިއީ ރައްޔިތުންގެ މަންދޫބުންވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަށް ވިދާޅުވިއެވެ.

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ހަމަޖައްސާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ނާޒިލް ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. މި ތަންތަނުން އާސަންދަ ލިބޭނެކަމަށް ވިދާޅުވެ އުސޫލުތަކެއް ހާމަ ކުރެއްވިކަމަށާއި، ނަމަވެސް އެންމެ ފަހުން ގޮސް ކައިރި ގައުމުތަކުންވެސް އާސަންދަ ހަމަނުޖެހޭކަމަށް ނާސިލް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމު، އާސަންދައަކީ ”ހަމައެކަނި ވަކި ދިމާއެއްގައި“ އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުން ނުވާކަމަށެވެ. އެހެންކަމުން އެ އަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އާސަންދައިގެ ހިދުމަތް ފުޅާކުރައްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތައިލެންޑާއި ޔޫއޭއީގެ ވާހަކައެވެ. ނަމަވެސް އަދި މިހާތަނަށް އައިރު، މިކަން ހަމަޖެހޭ ގޮތެއް ނުވެއެވެ. މިކަމާއި ގުޭޅ މަސައްކަތްތައް ކުރިއަށްދާކަމަށް މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: