ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މަތީ ތައުލީމު ކުރިއަރުވަން ބީއެމްއެލް އިސްލާމިކްއިން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓްކޮށްފި

ރާއްޖޭގައި މަތީ ތައުލީމު ކުރިއަރުވަން ބީއެމްއެލް އިސްލާމިކްއިން އައިޔޫއެމްގެ ސަނާބިލް ޕްރޮޖެކްޓަށް އިންވެސްޓެއް ކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތައުލީމަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ހަތްބުރީގެ އިމާރާތްކުރުމަށް ހިންގާ ސަނާބިލް ޕްރޮޖެކްޓަށް ބީއެމްއެލް އިސްލާމިކް އިން ބޮޑު އިންވެސްޓްމަންޓެއްކޮށްފިއެވެ.

ޖޫން 2024 ގައި އައިޔޫއެމް އިން ހުޅުވާލި ސަނާބިލް ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާއެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ، ޙަސަން ކަލާމް ވިދާޅުވީ މި އިންވެސްޓްމަންޓަކީ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސިންގެ ދާއިރާ ކުރިއަރުވައި، ހަމައެއާއެކު އިސްލާމީ ތައުލީމު ކުރިއެރުވުމަށް ބީއެމްއެލް އިސްލާމިކް އިން ސާބިތުކަމާއެކު ތިބިކަމުގެ ވަރަށް ވަރުގަދަ ހެއްކެއްކަަމަށެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ. އަދި ހަމައެހެންމެ އިލްމީ އިޤްތިޞާދެއް ގާއިމްކުރުމަށް އެހީވެގެންދާނެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ  އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުއައްސަސާތަކަށް އީޖާދީ އަދި ކަސްޓަމަރުން ބޭނުންވާ ފަދަ ޝަރުއީ ހަމަތަކަށް މާލީ ހައްލު ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ މަތީ ހަރުފަތުގައި ހިދުމަތްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: