ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި ތައްޔާރުކޮށް ވިއްކާ ކާބޯތަކެތި ރެޖިސްޓްރީ ކުރަން ޖެހޭ ގޮތަށް މަޝްވަރާ ކުރަނީ

ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭގައި ކާބޯތަކެތި އުފައްދައިގެން ވިޔަފާރިކުރާނަމަ ރެޖިސްޓްރީކުރުން ލާޒިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރެޖިސްޓްރާރ އޮފް ކޮމްޕަނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފެށީ، ބިދޭސީން ހިންގަމުން ދާ އެފަދަ ވިޔަފާރިތަކުގެ ފޮޓޯތައް އާންމުވެ ތަނުގެ ސާފުތާހިރުކަމާއި މެދު ސުވާލު އުފެއްދެވުމުންނެވެ. ކާބޯތަކެތި ތައްޔާރު ކުރާ ކުޑަ ކޮޓަރިތަކުގެ އެއްވެސް ސާފުތާހިރުކަމެއް ނެތް އިރު، ތަނުގެ ހާލަތު އޮންނަނީ ބޮޑު ބަލިމަޑުކަމެއް ވެސް އުފެދިދާނެ ގޮތަކަށެވެ.

ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ މީހުން ތިބި ނަމަވެސް، މިހާތަނަށް އެ ވިޔަފާރި ރެގިއުލޭޓު ކުރެވޭ ގޮތެއް ނެތެވެ. އެ މައްސަލަ ކޮވިޑު -19 ގެ ތެރޭގައި ބޮޑުވި ނަމަވެސް ފަހުން މާ ބޮޑު މަސައްކަތެއް އެކަމަށް ކުރެވިފައި ނެތެވެ.

މިގޮތަށް ތައްޔާރު ކުރާ ކާބޯތަކެތި ވިއްކޭނެ އުސޫލެއް ކަނޑައަޅައި، ރެޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅުއްވަން ތޯ ސުވާލު ކުރުމުން ވިސާމް ވިދާޅުވީ މީގެ ކުރިން ރަޖިސްޓްރީނުކޮށް ގޭގައި ކާބޯތަކެތި އުފައްދައިގެން އާންމުންނަށް ފޯރުކޮށްދިނުމުގެ ވިޔަފާރި ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

ވިސާމް ވިދާޅުވީ، ހެލްތު މިނިސްޓްރީއާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން މަސައްކަތްކުރަމުންދަނީ ހޯމް ބޭސްޑް ވޯކާޒްގެ ރެޖިސްޓްރޭޝަން ލާޒިކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓްރީގެ ވިސްނުމަކީ ގޭގައި ކާބޯތަކެތި އުފައްދައިގެން އާންމުނަށް އެތަކެތި ފޯރުކޮށްދީގެން ވިޔަފާރިކުރަމުންދާނަމަ ރެޖިސްޓްރީކުރުން ލާޒިމުކުރުމަށް ކަމަށެވެ.

ވިޔާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ތައްޔާރު ކުރާނަމަ ލައިސެންސް އޮންނަން ވާނެކަމަށް މާދަމާ އަމަލު ކުރަން ފަށާ ކާބޯތަކެތީގެ ސަލާމަތައި ބެހޭ ގާނޫނުގައި ވެއެވެ.

އެކަމާ ގުޅޭގުން ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ގާނޫނުގެ ދަށުން ހަދާ ގަވައިދާއި އެކު ދިރިއުޅޭ ގެތަކުގައި ކާބޯތަކެތި ހަދާ މީހުންގެ އަތުގައި ވެސް ލައިސެންސް އޮންނަން ޖެހޭނެ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ދޫކުރާ ލައިންސެންސް ނަމްބަރުގެ ދަށުން، ޕެކޭޖުތަކުގައި ތައްޔާރު ކުރާ ކާބޯތަކެތީގެ ތަފްސީލު ހުންނަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: